twitterviber whatsapp telegramfacebookyoutube instagram
20th April 2024

“ދަ ގުރޭޓް އިންޑިއަށް ލާފްޓާ ޖެލެންޖް 5” ގެ ޖަޖަކަށް އަކްޝޭ

Jul 2, 2017

ބޮލީވުޑްގެ ފިލްމުތަކުން މީހުން ހެއްވާލި އަކްޝޭ ކުމާރު މިހާރު ދަނީ “ދަ ގުރޭޓް އިންޑިއަށް ލާފްޓާ ޖެލެންޖް 5” ގެ ޖަޖްކަން ކުރުމަށް ތައްޔާރުވަމުންނެވެ.

ބޮލީވުޑްގެ ގިނަ ކޮމެޑީ ފިލްމުތަކުން ފެނިގެންދާ އަކްޝޭ ކުމާރް ވަނީ އިންޑިޔާގެ ޓީވީ ޕްރޮގުރާމްތަކުން ގެންނަ އިތުރު އެހެން ޝޯތަކުގެ ޖަޖްކަންވެސް ކޮށްފައެވެ. އޭގެ ތެރޭގައި ކަތްރޯކީ ކިލާޑީ އަދި މާސްޓަރ ޝެފް އިންޑިޔާ ހިމެނެއެވެ.

ސްޓާ ޕުލަސް އިން ކުރިއަށްގެންދާ “ދަ ގުރޭޓް އިންޑިއަށް ލާފްޓާ ޖެލެންޖް” ގެ މިއީ 5 ވަނަ ސީޒަން އެވެ. 2005 ވަނަ އަހަރު ފެށުނު މި ޝޯ އަކީ އިންޑިޔާގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ކޮމެޑީ ޝޯ އެވެ. މި ޝޯ އިން ވަނީ ކޮމެޑީގެ ދާއިރާއަށް ގިނަ ތަރިންތަކެއް އިންޑިޔާގައި އުފެދިފައި އެވެ. އެގޮތުން ސުނިލް ޕަލް، އަހްސާން ގުރޭޝީ، ކަޕިލް ޝަރްމާ އަދި ޗާންދަން ޕުރަބަކާރް ފާހަގަ ކޮށްލެވެއެވެ.

އަކްޝޭ ވަނީ މި ޝޯގެ ޖަޖްކަން އިއުލާން ކުރުމުގެ ގޮތުން ޓްވިޓާގައި ވީޑިޔޯ އެއް ޝެއާ ކޮށްފައި އެވެ. މި ވީޑިޔޯގައި އަކްޝޭ ބުނެފައި ވަނީ “ޖޯކް ކިޔުމަށް ވަކި ވަގުތެއް ވަކި ތަނެއް މުހިއްމު ކަމަށެވެ. އަދި އެ ހުނަރު ހުރިނަމަ ދަ ގުރޭޓް އިންޑިއަށް ލާފްޓާ ޖެލެންޖްއަށް އައިސް އޮޑިސަންގައި ބައިވެރިވުމަށެވެ.”

Kya aapki comic timing perfect hai? Mujhe talaash hai aapke jaise best stand up comedian ki. #TheGreatIndianLaughterChallenge @StarPlus pic.twitter.com/gA57oHvOzG

— Akshay Kumar (@akshaykumar) July 1, 2017

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355