ކުޅުދުއްފުށިން ވަރުގަދަ އޭދަފުށި ހިފަހައްޓާލައިފި

އަބްދުލް ވާހިދު ޙަސަން - 9 months ago - 6 ޖުލައި 2017މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށީ ޓީމް ދަނޑެއް ޖެހިޔަނުދީ ކުޅުދުއްފުށީ ޓީމުން ހިފަހައްޓާލައިފި އެވެ.

މިއަދު ކުޅުދުއްފުށީ ސަރަހައްދީ ސްޓޭޑިއަމްގައި ކުޅުނު މިފޯރިގަދަ މެޗުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އެވެ.

ކުޅުދުއްފުށީ ޓީމްގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ދެ ޓީމުންވެސް ފެނިގެންދިޔައީ ދާދީ އެއްވަރެއްގެ ކުޅުމެކެވެ. އެކަމަކު ފުރަތަމަ ހާފްގައި އޭދަފުށީ ޓީމުން ލަނޑު ޖަހާނެ ފަހި ފުރުސަތު ލިބި ނާކާމިޔާބުވެފަ އެވެ.

އޭދަފުށީ ޓީމުން އުއްފެދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ކުޅުދުއްފުށީ ޓީމުގެ ކީޕަރު ހުށިޔާރުކަމާއެކު ވަނީ ދިފާއުކޮށްފަ އެވެ.

ކުޅުދުއްފުށީ ޓީމަށް މާގިނަ ހަމަލާތަކެއް އުއްފެދޭ ގޮތް ނުވިނަމަވެސް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބި ވަނީ ގެއްލިފަ އެވެ.

މިމެޗުގައި އޭދަފުށީ ޓީމުން ވަނީ އޮފްސައިޑް ގޯލެއް ޖަހާފަ އެެވެ. މިމުބާރާތުގައި މާދަމާގެ މެޗުގައި ބައްދަލުކުރަނީ އއ މާޅޮހާއި ށ މިލަންދޫގެ ޓީމެވެ. މެޗު ފެށޭނީ ހަވީރު 3:50 ގަ އެވެ.


ގުޅުން ހުރި ލިޔުންތައް