twitterviber whatsapp telegramfacebookyoutube instagram
30th April 2026

25 އަހަރު ފަހުން ސްރިދޭވީ އާއި ސަންޖޭގެ ފިލްމެއް

Jul 10, 2017

ސްރިދޭވީ އާއި ސަންޖޭގެ އެންމެ ފަހުން އެކުގައި ފެނިގެންދިޔައީ 1993 ވަނަ އަހަރު ކަރަން ޖޯހަރްގެ ފިލްމު ގުމްރާހް އިންނެވެ.

ބޮލީވުޑްގެ ހަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އަބީޝޭކް ވަރްމާ އަދި ކަރަން ޖޯހަރްގެ 3 އަހަރު ކުރީގެ ފިލްމް “2 ސްޓޭޓްސް” ގެ އާ ފިލްމެއް ތައްޔާރު ކުރުމަށް ހަމަޖެހިފައި ވަނީ ސްރިދޭވީ އާއި ސަންޖޭ އެކުގައި ކަމަށެވެ.

މި ފިލްމުގައި ސްރިދޭވީ އާއި ސަންޖޭގެ އިތުރުން ސޮނާކްސީ ސިންހާ، ވަރުން ދަވަން އަދި އާލިޔާ ބަޓް ވެސް ފެނިގެން ދާނެ ކަމަށް ހަބަރުތަކުން ބުނެ އެވެ.

މީގެ އިތުރުން މިއަހަރު މި ފިލްމުގެ ސްކްރިޕްޓް ނިންމާނެ ކަމަށާއި 2018 ވަނަ އަހަރު ފިލްމު ރިލީޒް ކުރާނެ ކަމަަށް އަބީޝޭކް ބުނެފައި ވެއެވެ. މި ފިލްމުގެ ނަމެއް އަދި ފާސްވެފައި ނުވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ސްރިދޭވީ ފެނިގެންދާ ފިލްމު “މޯމް” ވެސް ވަނީ ވަރަށް ފަހުން ރިލީސްކޮށްފައި އެވެ. އަދި ބޮކްސް އޮފީސްއިން ޖާގަ ހޯދާނެ ކަމަށް ހަބަރުތަކުން ބުނަމުން ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355