twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަތުރުވެރިކަމުގެ ސިނާއަތުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ބީއެމްއެލްއިން އެހީތެރިވެދެނީ

Jul 12, 2017

2020 ވަނަ އަހަރާ ހަމަޔަށް އަންނައިރު އަހަރަކު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ފަތުރުވެރިކަމުގެ ސިނާއަތުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ބޭންކް އޮފް މޯލްޑިވްސް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ފެށުނު ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގައި ކުރިޔަށް ގެންދާ ބީއެމްއެލް ހޮޓެލިއަރ މޯލްޑިވްސް ސަމިޓްގައި އެވެ. އެގޮތުން އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ލޯނުތަކަށް ކަމަށާއި 2020 ވަނަ އަހަރު އަންނަންވާއިރަށް އަހަރަކު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ފަތުރުވެރިކަމުގެ ސިނާއަތުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ބޭންކް އޮފް މޯލްޑިވްސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން “އެކްސްޕީރިއަންސް މޯލްޑިވްސް”ގެ ނަމުގައި ރާއްޖެ އިސްތިހާރުކުރުމުގެ ބޮޑު ކެމްޕޭނެއް ރޭ ވަނީ ފަށާފައި ވާއިރު މިކެމްޕޭންގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ފަރާތްތަކަށް ރާއްޖެ އިސްތިހާރުވެގެންދާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ފެއަރ، ީޓީއެމްގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ބީއެމްއެލް އަދި އެމެރިކަން އެކްސްޕްރެސްއެވެ. މޯލްޑިވްސް ގެޓްއަވޭސް އިން އިންތިޒާމްކުރާ މި ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާއިރު މީގެ ތެރޭގައި ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ ޓުއަރ އޮޕަރޭޓަރުންވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355