twitterviber whatsapp telegramfacebookyoutube instagram
27th April 2024

މި ކާނާތައް ކިތަންމެ ގިނައިން ކެޔަސް ބަރުދަން އިތުރެއްނުވާނެ

Aug 1, 2017

ހުންނަނީ އަބަދުވެސް ކާހިތްވެފައެވެ. ހާއްސަކޮށް ލުއިކާނާއާއި ޖަންކް ފުޑްގެ ބާއްވަތްތަކެވެ. އެެހެންނަމަވެސް ފަލަވެދާނެތީ ބިރުން ކިތަންމެ ކާހިތްވިއަސް ނޫނެކޭ ބުނެވޭތަން އާދެއެވެ. ތިމާގެ ބައްޓަން ހަޑިވެ ބޮޑު ބަނޑެއް ލައިފާނެތީއެވެ.

ކާހިތްވާނަމަ މިތަކެތި ކާށެވެ. ކިތަންމެވަރަށް ކެއަސް މިއިން ތިމާގެ ހަށިގަނޑުގެ ބައްޓަން ހަޑިކޮށެއް ނުލެވޭނެ އެވެ.

ޕޮޕްކޯން

ޕޮޕްކޯން މިއީ ފިލްމެއް ބަލަން ވިއަސް ނުވަތަ އަނގަ ފޫހިފިލުވާލުމަށްވެސް ދިވެހިންގެ ތެރޭގައިވެސް ހަމަ ވަރަށް އާންމު އެއްޗެކެވެ. ގިނަ ފަހަރަށް ޕޮޕްކޯން މި ހަދަނީ ބަޓާރ ނުވަތަ މާޖިރިން އަޅައިގެންނެވެ. އަދި އެއާއެކު ހަކުރު އަޅައިގެން ފޮނިކޮށްވެސް ޕޮޕްކޯން ކާމީހުންވެސް މަދެއް ނުވާނެއެވެ. މީގެ ބަދަލުގައި ހަމަ އެކަނި ލޮނު ރަހަ ލާވަރަށް އިތުރުއެއްޖެއް ނާޅާ ޕޮޕްކޯން ކައިނަމަ ފިކުރެއްނެތި ކިތަންމެ ގިނައިންވެސް ކެވިދާނެ އެވެ.

ބަށި

ބައްޓަކީ ހަމައެކަނި ރިހަ ކައްކަން ބޭނުން ކުރެވޭނެ އެއްޗެއްނޫނެވެ. މީރު ލުއިކާނާއެއްގެ ގޮތުގައި ގްރިލްޑް ކޮށްކެން ނޫނީ ފިހެލައިގެން ކާންމިއީ އަނގައަށް ވަރަށް މީރު ތަރުކާރީއެކެވެ. އެެހެންނަމަވެސް ގްރިލްކުރާއިރު ނުވަތަ ފިހާއިރު މާ ގިނައިން ތެޔޮ ބޭނުން ނުކުރާށެވެ.

އޮރެންޖު، ގްރޭޕް ފުރުޓް

ޑައިޓް ކުރަނީއޭ ކިޔާފަ ހުސްމޭވާ ނުވަތަ ތަރުކަރީ ކެއުމަކުން އަދި ސިއްހަތަށް ފައިދާ ނުވެ ހުރެދާނެއެވެ. ސަބަބަކީ ކޮންމެ މާއްދާއަކީވެސް ހަށިގަނޑަށް ވަކި މިންވަރަކަށް ބޭނުން ވާނެ އެއްޗެއް ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެކި ބާވަތުގެ މޭވާ ނުވަތަ ތަރުކާރީއެކުން މުހިއްމެއް ނޫނެވެ. ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ގިނައިން އޮރެންޖުގެ ބާއްވަތްތައް ބޭނުން ކުރާށެވެ. އޭގައި ގިނައަދަދަކަށް ފައިބާ، އަދި ވިޓަމިން ސީ ހިމެނެއެވެ. މީގެ އިތުރުން މިއީ ހަޖަމުކުުރުމުގެ ނިޒާމަށާއި ލިވާރ އަދި ތިމާގެ ހަންގަނޑަށްވެސް ވަރަށް ފައިދާ ހުރި މޭވާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355