twitterviber whatsapp telegramfacebookyoutube instagram
28th March 2024

އުރީދޫގެ އަހަރީ ދުވަހު ދެވަނަ ކުއާޓަރގެ ބޮޑު ކާމިޔާބީއެއް!

Aug 2, 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ގެ ކާމިޔާބީ އެކުންފުނިން ހިއްސާކޮށްފި އެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި އަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި އުރީދޫގެ ކަސްޓަމަރ ބޭސް ވަނީ %8 އިތުރުވެ ކަސްޓަމަރުންގެ ޖުމްލަ 400،000 އަށް އަރާފައި ކަމަށެވެ. އަދި %15 ކުރިއެރުމަކާއި އެކު އުރީދޫގެ އާމްދަނީ ވަނީ 801.9 މިލިއަން ރުފިޔާއިން 921.4މިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށެވެ. އޭގެ އިތުރުން 442.1 މިލިއަން ރުފިޔާ އިން 526.8 މިލިއަން ރުފިޔާއަށް އިތުރުވެ އެބިޓްޑާވެސް ވަނީ %19 އިތުރުވެފައި ކަމަށާއި މިދިޔަ އަހަރުގެ ހަމަ މި މުއްދަތާއި އަޅާކިޔާ އިރު އުރީދޫގެ ސާފު ފައިދާ ވަނީ %21 އިތުރުވެ 250.6 މިލިއަން ރުފިޔާ އިން 303.4 މިލިއަން ރުފިޔާގެ ފައިދާ އެއް ލިބިފައި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވި ގޮތުގައި 1 އޮގަސްޓް 2005 ވަނަ ދުވަހު ދިވެހިރާއްޖޭގައި އުރީދޫ ފެށިގެންދިޔައީ ވަރަށް މުހިންމު ތަސައްވުރަކާއިއެކު ބާރައަހަރު ތެރޭގައި ހީނުކުރާހާ ކުރިއެރުން ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި އެއީ ފަހުގެ އުފެއްދުންތެރި ހިދުމަތްތަކާއި، ބައިނަލްއަޤްވާމީ މުވާސަލާތީ ޓެކްނޮލޮޖީތައް މެދުވެރިކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން ކަމަށާއި ފާއިތުވެގެން މި ދިޔައީ އުރީދޫ އަށް ތާރީހީ އަހަރެއް ކަމަށެވެ.

އޭގެ އިތުރުން އުރިދޫއިން މައުލޫމާތުދޭ ގޮތުގައި ކުރީއަހަރުތަކެކޭ އެއްފަދައިން މި އޮގަސްޓް މަސްވެސް ވެގެންދާނީ ދިވެހިރައްޔިތުންނާއި އެކު އުރީދޫގެ އަހަރީދުވަސް ފާހަގަ ކުރުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް ހިމެނިގެންދާނެ މަހަކަށް ކަމަށާއި އުރީދޫގެ ވަފާތެރި އަދި އައު ކަސްޓަމަރުންނަށް ހާއްސަ އޮފަރ ތަކާއި މުޖުމަތަމައު އަށް ފައިދާ ހުރި ސީއެސްއާރް ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެއް ވެސް ހިމެނިގެން ދާނެ ކަމަށެވެ.

ދުނިޔެ އިތުރަށް ތަރައްޤީވެ، ޑިޖިޓަލް ޓެކްނޮލޮޖީތަކާއި އުފެއްދުންތައް ތައާރަފްވަމުންދާ އިރު، އުރީދޫ އިން މަސައްކަތް ކުރަމުންދާނީ މި ޓެކްނޮލޮޖީތައް މެދުވެރިކޮށް ލިބޭ ކުރިއެރުމާއި ފުރުސަތުތައް، އަޅުގަނޑުމެންގެ ދިވެހިރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށެވެ.

އުރީދޫގެ ބޯޑްގެ ޑައިރެކްޓަރ އަލްއުސްތާޛާ ދީނާ ހުސައިން ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ ބާރަ މަސްދުވަހުގެ ތެރޭގައި އުރީދޫގެ އެންމެ ފާހަގަ ކުރެވޭ ލަނޑުދަނޑި އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި ކާމިޔާބު އައިޕީއޯއަށް ފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބެހިފައިވާ ގިނަ އަދަދެއްގެ ހިއްސާދާރުންނަށް މަރުޙަބާ ކިޔުމުގެ ފުރުސަތު ލިބުން ކަމަށެވެ. އަދި އުރީދޫގެ އައު ޕާޓްނަރުންގެ އެއްބާރުލުމާއި އެކު ރާއްޖޭގައި އުރީދޫގެ ކާމިޔާބު ދަތުރު އައު ހަރުފަތަކަށް ގެންގޮސް އުރީދޫގެ ލޮބުވެތި ކަސްޓަމަރުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355