twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބްރެެޑް އާއި އެންޖެލީނާ އަލުން ގުޅެނީތަ؟

Aug 10, 2017

ހޮލީވުޑްގެ “ޕަވާ ކަޕްލް” ގެ ގޮތުގައި މަޝްހޫރުވެފައިވާ އެންޖެލީނާ ޖޮލީ އަދި ބްރެޑް ޕިޓް އެމީހުންގެ ވަރީގެ ކަންކަން ނިންމުމަށް މަސައްކަތް ނުކުރާ ކަމަށް އެމީހުންގެ ގާތް ފަރާތްތަކުން ބުނެފި އެވެ.

އަަސް ވީކްލީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިިދިޔަ އަހަރު ސެޕްޓެމްބަރ ގައި މިދެތަރިންގެ ވަކިވުމަށް ފަހު ވަރީގެ ކަންކަން ނިންމުމަށް އެއްވެސް މަސައްކަތެއް ނުކުރާތާ ގިނަ މަސްތަކެއް ވެދާނެ ކަމަށާއި އައިލާ ބެލުމުގެ ޒިންމާ ބްރެޑް ނަގަން ބޭނުންނަމަ އަލުން ގުޅޭން ކަމަށް ޖޮލީ ބުނެފައިވާކަމަށެވެ.

ޖޮލީ މީގެ ކުރިންވެސް ވަނީ ވަކިވުމާމެދު ދެވަނަ ވިސްނުމެއް ގެންގުޅޭކަން ހާމަކޮށްފަ އެވެ. އެއީ މިިދިޔަ އަހަރު އެދެތަރިން ވަކިވާކަން އިއުލާނު ކުރިތާ މަހެއްފަހުން އޮކްޓޯބަރ ގަ އެވެ. އެހެން ކަމުން އެއިރުންސުރެ ވަރީކަން ކަން ވަނީ އަވަސް އަރުވާލައިގެން ކުރިއަށް ނުގެންދިއުމަށް ޖޮލީ ނިންމާފައިވާ ކަމަށްވެސް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ އެ ދެތަރިން ވަކިވާން ޖޮލީ، 42، ނިންމީ ސިއްރު ގުޅުންތަކެއް ޕިޓް، 53، ހިންގާ ކަމަށް ޝައްކު ކުރެވުމާއި ދޮށީ ދަރުފުޅު މެޑޮކްސް އަށް ޕިޓްގެ ފަރާތުން އަނިޔާތަކެއް ލިބެމުން ދިއުމާ ގުޅިގެންނެވެ. އަދި ވަރީގެ މައްސަލަ ކޯޓަށް ވަތް ހިސާބުން އެމީހުންގެ 6 ދަރިން ތިބީ ފިޓަށް ޒިޔާރަތް ކުރެވޭގޮތަށް ޖޮލީގެ ބެލުމުގެ ދަށުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355