twitterviber whatsapp telegramfacebookyoutube instagram
6th June 2025

“ސްޓޫޑެންޓް އޮފް ދަ އިޔާރ 2” ގައި ޓައިގާ އެކު އާ ދެތަރިން

Aug 13, 2017

ސްޓޫޑެންޓް އޮފް ދަ އިޔާރ ފުރަތަމަ ފިލްމު ގެ ކާމިޔާބާއެކު މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރު އޭގެ ދެވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފެށި ހިސާބުން އެފިލްމުގައި ފެނިގެންދާނެ ތަރިންނާ މެދު ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދުނެވެ.

އެންމެ ފަހުން ޓައިގާއެކު މި ފިލްމުގައި ފެނިގެން ދާނީ މުޅިން އާދެތަރިންކަން މި ޔަގީން ވެފަ އެވެ.

މި ފިލްމާ އެކު މި އިންޓަސްޓްރީއަށް އަލަށް ތައާރަފްވާ ދެ ތަރިންނަކީ މަޝްހޫރު ކޮމޭޑިއަން ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަންނަޔާ ޕާންޑޭ އަދި 2011 ވަނަ އަހަރު ސޮނީއިން ދެއްކި ޝޯ “އެންޓަޓެއިންމަންޓް ކެލިޔޭ ކުޗްބީ ކަރޭގާ” އިން ވިދާލި ތާރާ ސުތަރިއާ އެެވެ.

ސައިފް އަލީ ޚާނައި އަމްރިތާ ސިންގް ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީޥުޑަށް ނިންކުންނަ ފިލްމެއްގެ ގޮތުގައިވެސް މި ފިލްމު އަޑު އިވިގެން ދިޔަ އެވެ. އަދި ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރް ވެސް މި ފިލްމު ކުޅޭ ކަމަށްވެސް ހަބަރު ފެތުރިފައި ވެއެވެ.

މި ފިލްމު އުފައްދާ ދަރްމާ ޕްރޮޑަކްޝަނުން މި ފިލްމުގެ ތަރިންނާއ ބެހޭގޮތުން އެއްވެސް ވާހަކަ އެއް މިހާތަނަށް ދައްކާފަ އެއްނުވެއެވެ.

ސްޓޫޑެންޓް އޮފް ދަ އިޔާގެ ފުރަތަމަ ފިލްމު ނިކުމެފައިވަނީ 2012 ވަނަ އަހަރު އެވެ. މިހާރު އެންމެ ހުނަރުވެރި ޒުވާން ތިން އެކްޓަރުން ކަމަށްވާ ސިދާތް މަލްހޯތުރާ އާލިއާ ބަޓް އަދި ވަރުން ދަވަން ތައާރަފުވެފައިވަނީ މި ފިލްމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355