twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަންނަ އަހަރު ޒޫޓޯޕިއާ 2 ކާއެކު އިތުރު ކާރޓޫންތަކެއް

Aug 14, 2017

މީގެ ކުރިން ފެނިފައިވާ ކާމިޔާބު ގިނަ ކާރޓޫންތަކެއްގެ ސީކުއަލް ތަކެއް އަންނަ އަހަރު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގެ ތެރޭގައި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ފިލްމުތައްވެސް ހިމެނެއެވެ.

އެގޮތުން ޒޫޓޯފިއާ 2 ފާހަގަ ކޮށްލެވެ އެވެ. “ޒޫޓޯފިޔާ” މި ކާރޓޫން ނިކުމެފައިވަނީ 2016 ވަނަ އަހަރުގެ މަރޗުމަހުގެ ތެރޭގަ އެވެ. މިއީ ޖަނަވާރުންގެ ކެރެކްޓާތަކެއް މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މީގައި ދައްކުވާދެނީ މުސަޅަކާއި ހިޔަޅެއްގެ މެދުގައި ހިނގާ ކަންތައްތަކެކެވެ. ސީކުއަލްގައި ފެނިގެންދާނީ މި ކާރޓޫންގެ މެއިން 2 ކެރެކްޓާރ ޖޫޑީ އަދި ނިކް ޒޫޓޯފިޔާ ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކެކެވެ. މި ކާރޓޫން އަށް ނަންދެވިފައިވަނީ ކާރޓޫންގައި ފެންނަށް ސީޓީއާއި ގުޅުވައިގެންނެވެ.

ދެން ފާހަގަ ކޮށްލެވެނީ “ދަ އިންކްރެޑިބަލްސް 2” އެވެ. މި ސީކުއަލް ބޮޑަށް ބިނާވެފައި ވަނީ އިލާސްޓިކް ގާލް އަށް ކަމަށް މި ފިލްމު އުފައްދާ ޑިޒްނީން ވަނީ ބުނެފަ އެވެ. މި ސީކުއަލްގައި ފެނިގެން ދާނީ ބޭބީ ޖެކް-ޖެކް ބެލުމަށް މިސްޓާރ އިންކްރެޑިބަލްއާ ހަވާލު ކުރުމަށް ފަހު އިލާސްޓިކް ގާލް ކުރާ ދަތުރެއްގެ މައްޗަށެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2018 ގެ ޖުލައި 15 ގަ އެވެ. ފުރަތަމަ “ދަ އިންކްރެޑިބްލްސް” ނެރެފައިވަނީ 2004 ނޮވެމްބަރ 5 ގަ އެވެ.

ދެން މިއޮތީ ވްރެކް-އިޓް ރަލްފް 2 ކެވެ. ރަލްފް ބްރޭކް ދަ އިންޓަނެޓް ނަމުގައި ނެރޭ މި ސީކުއަލްގައި ދައްކުވާދެނީ ގޭމް މެޝިންގެ ތެރެއިން އިންޓަނެޓަށް ރަލްފް ބަދަލުވުމަށްފަހު ދިމާވަ ކަންކަމެވެ. މި ވާހަކައިގެ މާ ބޮޑު ތަފްސީލެއް ޑިޒްނީން ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ 2018 ގަ އެވެ .

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355