އުރީދޫ މޯލްޑިވްސްގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫ އާއި އަލަށް ގުޅިވަޑައިގަންނަވާ ކަސްޓަމަރުންނަށް މަރުހަބާ ކިއުމުގެ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް މުޅިން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއަދު މިފެށުނު ލިމިޓެޑް އޮފަރ، އުރީދޫ އާއި ގުޅިވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ. މި އޮފަރ ގެ ދަށުން:
• އަލަށް ގުޅިވަޑައިގަންނަވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.
• އަލަށް ގުޅިވަޑައިގަންނަވާ ޕްރީޕެއިޑް ކަސްޓަމަރުންނަށް، މަހަކު 50ރ. ޚިދުމަތް ބޭނުންކުރެއްވުމުން، ހަ މަސް ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.
• އަދި އުރީދޫގެ ޚިދުމަތް މިހާރުވެސް ހޯދަމުންދާ ކަސްޓަމަރުން، ޕެކޭޖް އަޕްގްރޭޑް ކުރެއްވުމާއި އެކު، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.
އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި ކަސްޓަމަރުންނަށާއި ދިވެހި މުޖްތަމައުއަށް އުފާވެރިކަން ގެނެސްދޭނެ ފަދަ ހަރަކާތްތަކާއި އެކު އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން މި އޮގަސްޓް މަހުގެ ތެރޭގައި އަދިވެސް ކުރިޔަށްދާނެ ކަމަށާއި އުރީދޫގެ އާ ކަސްޓަމަރުންނަށް މި އަގުހުރި ފުރުސަތާއި އެކު މަރުހަބާ ކިޔާކަމަށެވެ.