twitterviber whatsapp telegramfacebookyoutube instagram
24th April 2024

“ރެއިޑް” އިން އަޖޭ ފެނިގެންދާނީ ޓެކްސް އޮފިސަރެއްގެ ގޮތުގައި

Aug 16, 2017

ވަރުގަދަ ރޯލް ތަކަކުން ފެނިގެންދާ އަޖޭ ދޭވްގަން ތައްޔާރުވަމުންދާ ފިލްމު “ރެއިޑް” ގައި އަޖޭ ފެނިގެންދާނީ އިންކަމް ޓެކްސް އޮފިސަރެއްގެ ގޮތުގަ އެވެ.

އިންޑިޔާގެ އުތަރް ޕުރަދޭޝްގައި މީގެ 80 ގެ އަހަރުތަކުގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އިންޑިޔާގައި އިންކަމް ޓެކްސްގެ ވައްކަމުގެ ހާދިސާތައް ފެނިގެންދާނެއެވެ.

މި ފިލްމުގައި އަޖޭގެ ރޯލްއާއި ބެހޭގޮތުން ތަރަން އަދަރްޝް ކޮށްފައިވާ ޓުވީޓެއްގައި ވަނީ އަޖޭ ދޭވްގަން ތައްޔާރުވަމުންދަނީ ރެއިޑްގެ އިންކަމް ޓެކްސްގެ ރޯލްއަކަށް ކަމަށާއި ފިލްމު ލިޔެފައިވަނީ ރިތޭޝް ޝާހް، ފިލްމުގެ ޑައިރެކްޓަރަކީ ރާޖްކުމާރް ގުޕްތާ ކަމަށެވެ.

Ajay Devgn to enact the role of an Income Tax officer in #Raid… Written by Ritesh Shah, the film will be directed by Rajkumar Gupta…

— taran adarsh (@taran_adarsh) August 14, 2017

ދެފަހަރު ނޭޝަނަލް އެވާޑް ހޯދާފައިވާ އަޖޭ މިފަދަ ރޯލް އަކުން ފެނިގެންދިޔުމަކީ އޭނަގެ ސަޕޯޓަރުންނަށް ވަރަށް ހައިރާންކަން ގެނުވާނެ ކަމެކެވެ. އަދި މި ފިލްމަކީވެސް އަޖޭގެ ތަފާތު ފިލްމަކަށް ވެގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355