twitterviber whatsapp telegramfacebookyoutube instagram
14th May 2025
ADVERTISEMENT

ޖެނިފާ އެނިސްޓޮން ގެ ރީތިކަމުގެ ސިއްރު މިއޮތީ

Aug 17, 2017

ގިނަ ބަޔަކަަށް ޖެނީފާ އެނގޭނީ ދިވެހިންގެ ތެރޭގައިވެސް މަޝްހޫރުވި “ފްރެންޑްސް” ސީރީޒްގެ ރޭޗަލް ގްރީން ގެނަމުންނެވެ. އެއިރުންފެށިގެން މިއަދާ ހަމައަށް އެއީ ގިނަ ބަައެއްގެ އެންމެ މަގުބޫލް ހޮލީވުޑްގެ ތަރިއެވެ.

އުމުރުން 48 އަހަރު ބަތަލާގެ ޒުވާން ކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ގިނަބަކު އެގެން ބޭނުންވާ ކަމެކެވެ. އެގެން ބޭނުން ނަމަ އެކަމުގެ ސިއްރު މިއޮތީ އެެވެ.

ރީތިވުމަށް ނުވަތަ ޒުވާންކަން ދެމެހެއްޓުމަށް ޖެނީފާ މާ ހާއްސަ ކަމެއްނުކުރެއެވެ. އެހެންނަމަވެސް މިކަންކަމަށް ވަރަށް ފަރުވާތެރިވެއެވެ.

އެގޮތުން ގަވައިދުން ކަސްރަތުކުރުމާއި ހާއްސަ ޓްރީޓްމެންޓުތައް ނަގައެވެ. އެގޮތުން ހަންގަނޑު އަދި މޫނުގެ ޓްރީމެންޓުތައް ގައިދުން ނެގުމަށް ޖެނިފާ އިސްކަންދެއެވެ. “އިންސްޓައިލް” ނޫހަށް އަށް ދީފައިވާ އިންޓަވިއެއްގައި ޖެނީފާ ބުނީ ގަވައިދުން ކަސްރަތުކޮށް ޓްރީޓްމެންޓް ނަގާނަމަ ހަންގަނޑު ހުޅަހެޔޮކަން އިތުރުގެ ޒުވާންކަން މަތީ ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ގިނައިން މޭކަޕް ނުކުރުމަށްވެސް ޖެނިފާ ލަފާދެއެވެ. އެގޮތުން ބޭނުން ވާވަރަށްވުރެ އިތުރަށް މޭކަޕް ކުރުމުގެ ބަދަލުގައި ލުއި މޭކަޕެއް ކޮށްލުން މާ ރަނގަޅު ކަމަށް ޖެނީފާ ބުނެއެވެ.

މީގެ އިތުރުން ސިއްހަތަށް ރަނގަޅު ޑައިޓަކީ ތިމާގެ ރީތިކަން ދެމެހެއްޓުމަށް މުހިއްމު އެއްޗެއްކަމަށް ޖެނީފާ ދެކޭ އިރު އޭނާގެ ކެއުމުގައި ތަރުކާރީ އަދި ޕްރޮޓީން އެކުލެވޭ ކާނާގިނައިން ބޭނުން ކުރެއެވެ. އަދި ގިނައިން ފެންބުއިމަށް ޖެނީފާ ހާއްސަ ސަމާލުކަމެއް ދެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com