twitterviber whatsapp telegramfacebookyoutube instagram
7th April 2026

އަކްޝޭގެ ފިލްމުތަކުން އެންމެ ކާމިޔާބު ފިލްމަކީ ޓޮއިލެޓް – އޭކް ޕްރޭމް ކަތާ

Aug 19, 2017

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރުގެ ފިލްމު ތަކުގެ ތެރެއިން ފުރަތަމަ ހަފްތާ އެންމެ ބޮޑު ކާމިޔާބީ އެއް ލިބުނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޓޮއިލެޓް – އޭކް ޕްރޭމް ކަތާ އަށް ކަމަށް ހަބަރުތަކުން ބުނަމުން އެބަދެއެވެ.

އަކްޝޭ އަދި ބޫމީ ޕަޑްނޭކަރް ލީޑް ރޯލް އިން ފެނިގެންދާ މި ފިލްމަކީ ގޭގައި ފާހާނާއެއް ނެތުމުގެ ސަބަބުން އިންޑިޔާގެ ފަގީރު ހިސާބެއްގައި ދިމާވި ހަގީގީ ހާދިސާއަކަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.

ފުރަތަމަ ހަފްތާ ބޮޑު ކާމިޔާބީ ހޯދި އަކްޝޭގެ ފިލްތަކުގެ ތެރޭގައި ރައުޑީ ރާތޯރް އަށް ލިބިފައިވަނީ 79.52 ކަރޯރު، ހައުސްފުލް 3 އަށް ލިބިފައިވަނީ 80.10 ކަރޯރު، އެއާލިފްޓް އަށް ލިބިފައި ވަނީ 83.50 ކަރޯރު، ރުސްތޮމް އަށް ލިބިފައިވަނީ 90.90 ކަރޯރު އަދި އެންމެ ފަހުން ރިލީޒް ކުރި ފިލްމު ޓޮއިލެޓް – އޭކް ޕްރޭމް ކަތާ އަށް ލިބިފައި ވަނީ 96.05 ކަރޯރު އެވެ.

100 ކަރޯރު އެރުމަށް ގާތްވެފައިވާ މި ފިލްމަކީ އިންޑިއާގެ ސާފުތާހިރުކަން އިތުރުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފެށި ކެމްޕެއިނަކާއި ގުޅުވައިގެން ޝްރީ ނާރަޔަން ސިންގް އުފެއްދި ފިލްމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355