ރަން އިން އައްޑޫގެ މެއިން ސްޕޮންސަރއަކަށް ކޮކާކޯލާ

ނަސްވާ ޙަސަން - 1 އަހަރު ކުރިން - 19 އޯގަސްޓް 2017ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) އިން އިންތިޒާމްކުރާ “ރަން އިން އައްޑޫ” މެރެތޮންގެ މެއިން ސްފޮންސަރަކަށް ކޮކާކޯލާ ހަމަޖައްސައިފި އެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ޓީއެފްޖީގެ ފަރާތުން ސޮއިކުރެއްވީ ޓީއެފްޓީގެ ސީއީއޯ ޒިނާން އަދި ކޮކާކޯލާގެ ފަރާތުން ސޮއިކުރެއްވީ މިލްލިންޑް އެވެ. މި ރަސްމިއްޔާތުގައި މިލްލިންޑް ވަނީ 4 ކިލޯމީޓަރ ގެ ދުވުމެއްވެގައި ވެސް ބައިވެރިވެފައި އެވެ.

މި ރަސްމިއްޔާތުގައި މިލްލިންޑް ވިދާޅުވި ގޮތުގައި ސެޕްޓެންބަރ 15 އަދި 16 ގައި އައްޑޫގައި ކުރިއަށް ގެންދާ މެރެތޮންގެ އިތުރުން ހުޅުމާލެ އަދި ލާމު އަތޮޅުގައި އޮންނަ ޓީއެފްޖީގެ މެރަތޮން ތަކުގައިވެސް ގިނަބަޔަކު ބައިވެރިވުމަށެވެ.

ޓީއެފްޖީން މައުލޫމާތުދޭ ގޮތުގައި މިއީ 10 ނުވަތަ 5 މިލޯމީޓަރ ގެ މެރަތޮންއެއް ކަމަށެވެ. އަދި މި ދުވުމުން އައްޑޫގައި ސައިކަލް ދުއްވާ ފަރާތްތަކަށްދޭ މެޖެސްތަކުގެ ތެރޭގައި “ބުރޭކް ޔުއާ ސްޕީޑް” ފަދަ މުހިއްމު މެސެޖްތަށް ހިމެނޭނެ ކަމަށެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން www.gotorace.com މި ވެބްސައިޓް އަށް ދުރުވެ ބައިވެރިވެވޭނެ ކަމަށެވެ.


ގުޅުން ހުރި ލިޔުންތައް