ބަރްދުވާޖް ވިޝަލް ޑައިރެކްޓްކުރާ ސަޕްނާ ދީދީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައި ދިޕިކާއެކު ދެން ފެނިގެން ދާނީ އިރްފާން ޚާން އެވެ.
މި ފިލްމަކީ ހުސެއިން ޒައިދީ ލިޔެފައިވާ މަޝްހޫރު ފޮތެއްކަމަށްވާ “މާފިޔާ ކްއީންސް އޮފް މުމްބާއީ” މި ފޮތުގެ ވާހަކަ އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ދިޕިކާ އަދާ ކުރަނީ ރަހިމާ ޚާން ( ސަޕްނާ ދީދީ) ގެ ރޯލެވެ.
ފިލްމުގައި ދައްކުވައިދޭނީ ރަހިމާ ޚާން ގެ ފިރިމީގެ މަރުގެ ބަދަލު ހިފުމަށް ކުރާ މަސައްކަތްތަކެކެވެ. އިރުފާން މި ފިލްމުގައި އަދާ ކުރަނީ ރަހިމާގެ ފިރިމީހާގެ މަރުގެ ބަދަލު ހިފުމަށް އޭނާއަށް އެހީވެދޭ ގޭންގްސްޓާރ އެއްގެ ރޯލެވެ.
ދީފިކާ މިހާރު ކުރަމުން ގެންދަނީ ޕަދްމަވަތީގެ ސޫޓިންގެ މަސައްކަތެވެ. އެ ފިލްމުގެ މަސައްކަތް ނިމުމާއިއެކު ސަޕްނާ ދީދީގެ މަސައްކަތް ފެށިގެން ދާނެއެެވެ. މި ފިލްމު ސޫޓިން މިހާރު ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ޖެނުއަރީ 15 ގަ އެވެ.
މީގެ ކުރިން އިރުފާން އަދި ދިޕިކާ އެކުގައި ކުޅެފައިވާ ޕީކޫ އަކީ ކާމިޔާބު ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ. އެހެން ކަމުން މި ދެތަރިންގެ ފޭނުން މި ފިލްމަށް އިންތިޒާރުކުރާނެ ކަން ޔަގީނެވެ.