twitterviber whatsapp telegramfacebookyoutube instagram
21st July 2025

ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބަލަހައްޓައި ދިނުމަށް ކައުންސިލުން އެދެފި

Aug 21, 2017

ކުޅުދުއްފުށީގައި ހުންނަ ސްކޫލުތަކުގައި ކިޔެވުން ފެށޭގަޑީތަކުގައި އާއި ނިމޭ ގަޑިތަކުގައި ޓްރެފިކް ބަލަހައްޓާ ދިނުމަށް ކައުންސިލުން އެދެފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ފަސް ސްކޫލުގެ ކައިރީގައި ޓްރެފިކް ބާރުބޮޑުވާ ގަޑިތައްކަމަށްވާ، ނިމޭ ގަޑިއާއި ކިޔެވުން ފޭށޭ ގަޑިތަކުގައި އެސަރަހައްދުގެ ޓްރެފިކް ބަލަހައްޓައި ދިނުމަށް ކައުންސިލްގެ ފަރާތުން އެދިލެއްވީ ރައީސް އަބުދުލް ލަތީފް ހަސަން އެވެ. އަބުދުލް ލަތީފް މިއަދު އެކަމަށް އެދިލެއްވީ ފުލުހުންގެ ރައްކާ ރޯޑް ޝޯގެ ބިލްބޯޑް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

“ސްކޫލުތަކުގެ ކިޔެވުން ފެށޭގަޑިތަކުގައި އާއި ނިމޭ ގަޑިތައް ބަލާލާއިރުގައި އެހެން ފަރާތްތަކަށް ސްކޫލުތަކަށް ވަދެ، ނިކުމެ އުޅެން އުނދަގޫވާ މިންވަރަށް އެބަހުރޭ ޕާކް ކުރެވިފަ. އޭގެ ތެރޭގައި އަޅުގަނޑު ހަމަ ދަންނަވާލަން ސަރުކާރުގެ އެންމެ އިސް ފަރާތްތަކާއި ޕޮލިސް ބޭފުޅުންވެސް އޭގެ ތެރޭގައި ބައެއް ފަހަރު ހަމަ ހިމެނިގެން އެބަދޭ. އެކަންކަން އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑަށް ހުއްޓުވަން.” ކައުންސިލް ރައީސް އަބުދުލްލަތީފް ވިދާޅުވި އެވެ.

މިފަދަ ހަރަކާތްތަކުން އެންމެ އެދެވޭ ނަތީޖާއެއް ނެރެވޭނީ ދާއިމީ ގޮތެއްގައި ކުރިއަށްގެންދެވިގެން ކަމަށެެވެ. ބިލްބޯޑް ތަކާއި ޖަލްސާތައްވެސް ބޭއްވި ދާނެ ކަމަށާއި ނަމަވެސް މިކަންކަމަށް ދާއިމީ ހައްލެއް ލިބިގެންދާނީ ރައްޔިތުންގެވެސް ފަރުދީ ޒިންމާން ނަގައިގެންކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

އާއްމުނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ބާރަށް ސައިކަލް ދުއްވާ ފަރާތް ހުއްޓުވައި އެފަރާތްތަކާ މެދުވެސް ފިޔަވަޅު އެޅުމަށް އަބުދުލްލަތީފް އެދިލެއްވި އެވެ.

ރައްކާ ރޯޑް ޝޯ ގެ ހަރަކާތްތަކަށް ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355