ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވުނު އެނަބެލް: ކްރިއޭޝަންއަށް މިދިޔަ ހަފްތާ ބަންދު ތެރޭގައި ލިބިފައިވަނީ އެންމެ 15 މިލިއަން ޑޮލަރެވެ.
އެެއީ މިދިޔަ ހަފްތާ ބަންދުގައި ލިބުނު ވަރާ ބަލާފައި ވަަރަށްބޮޑު ވެއްޓުމެކެވެ. މިދިޔަ ހަފްތާތެރޭގައި އެ ފިލްމަށް 35 މިލިއަން ޑޮލަރު ލިބިފައިވާއިރު މިދިޔަ އަހަރު ރިލީޒްވި ބިރުވެރި ފިލްމު ސީރީޒްގެ ކޮންޖުރިން 2 ވެސް އުޅެނީ އެނަބެލްއަށްވުރެ މަތީގައެވެ.
އަދި ބިރުވެރިފިލްމު ތަކުގެ ތެރެއިން އެންމެ ބޮޑު ޕްރޮފިޓެއްގައި މިހާރު އުޅެނީ ކޮންޖުރިން 2 އަދި ލައިޓްސް އައުޓްސްއެވެ. އެއި 68 ޕަސެންޓާއެކުއެވެ. އަދި އިންސައިޑަސް: ޗެޕްޓަރ 2 ވެސް އުޅެނީ އެނަބެލްއަށްވުރެ މަތީގަ އެވެ.
އެހެން ކަމުން ބިރުވެރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ޕްރޮފިޓެއް ލިބޭނެ ކަމަށް ބެލެވެނީ ކޮންޖުރިން 2 ކެވެ. މިހާރުވެސް ވޯލްޑްވައިޑްކޮށް 160 މިލިއަން ޑޮލަރު އެ ފިލްމަށްލިބިފައިވާއިރު އަންނަ ހަފްތާގެ ތެރޭގައި އެފިލްމު ސިނަމާތަކުން ގެއްލުނު ކަމަށްވިއަސް އެ ފިލްމު ވެގެންދާނީ ބިގް ހިޓަކަށެވެ.