twitterviber whatsapp telegramfacebookyoutube instagram
1st June 2026

ޝެރިޑަން ސްމިތްގެ އާ އަލްބަމްއެއް މިއަހަރު ނެރެނީ

Aug 26, 2017

ޝެރިޑަން ސްމިތްގެ އާ އަލްބަމްއެއް މިއަހަރު ފަހުކޮޅުގައި ނެރުމަށް ވަނީ ހަމަޖެހިފައި އެވެ.

ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ ޝެރިޑަން މި އަލްބަމް ރިލީޒް ކުރަނީ އީސްޓް ވެސްޓް ރިކޯޑް އާއި އެކުގައި ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

ޝެރިޑަން އީސްޓް ވެސްޓް ރިކޯޑް އާއި އެކު އެއްބަސްވެފައިވާ ކަން ހާމަ ކުރަމުން ޓްވިޓާގައި ވަނީ އެކަން ޝެއާ ކޮށްފައި އެވެ. އޭގައި ބުނެފައި ވަނީ “އީސްޓް ވެސްޓް ރިކޯޑް އާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރެވުމުން ވަރަށް އުފާވާ ކަމަށާއި މިއަހަރުގެ ފަހު ކޮޅުގައި އަލްބަމް ރިލީޒް ކުރުމަށް އިންތިޒާރު ކުރާ ކަމަށެވެ.”

ޝެރިޑަން ސުމިތް ކޮށްފައިވާ ޓްވީޓާ

ހަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އަލްބަމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެންބަރުމަހު 10 ގައި ކަމަށެވެ.

36 އަހަރުގެ މި ލަވަކިޔުންތެރި ވަނީ އެކިކަހަލަ ލަވަތައް ކިޔާފައި އެވެ. އޭގެ އިތުރުން ބައެއް ފިލްމުތަކުން ވެސް ޝެރިޑަން ފެނިފައި ވެއެވެ. އެގޮތުން ދަ ހަންޓްސް މޭން، ދަ ސީ ވޯޑް ގެ އިތުރުން ޕައުޑާ ރޫމް ފަދަ ފިލްމުތައް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355