އޮންލައިންކޮށް ފަސޭހަކަމާއެކު، ވިޔަފާރިކޮށްލެވޭ ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފިއެވެ. މިވެބްސައިޓްގެ ނަމަކީ ބީ12 އެމްވީ އެވެ.
މިވެޓްސައިޓް ލޯންޗުކުރުމަށް ސުފުރާމަތީގައި ބޭއްވި ހަފްލާގައި ވެބްސައިޓް ލޯންކޮށްދެއްވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އަލީ އިސްމާއިލެވެ.
ބީ12 އެމްވީގެ ސްކްރީން ޝޮޓެއް–
ކޭއޯއަށް މައުލޫމާތު ދެއްވަމުން މި ވެބްސައިޓް ފަރުމާކުރި އަހުމަދު އަބުދުލްރަހީމް (ބެނޭ) ބުނީ މި ވެބްސައިޓްގެ މަގުސަދަކީ ކުޅުދުއްފުށީގައި ވިޔަފާރިކޮށްލާނެ މިފަދަ ވެބްސައިޓެއް ނެތުމުން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އިތުބާރާއެކު ވިޔަފާރިކޮށްލުމަށް ހުވާލި ޕްލެޓްފޯމެއް ކަމަށެވެ.
” އާއްމު ގޮތެއްގައި ކުޅުދުއްފުށީގައި ވިޔަފާރިމިކުރަނީ ވައިބާ ގުރޫޕްތައް ހަދައިގެން، އެކަމަކު އެކަމެއް މާ އެދެވޭ ގޮތެއްގައި ނުކުރެވޭ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން. ” ބެނޭ ބުންޏެވެ.
ބެނޭ ބުނީ މި ވެބްސައިޓަކީ މިރާގައި އާއި ޓްރޭޑްގައި ރަޖިސްޓަރކޮށްގެން، ހިންގާ ވެބްސައިޓެއް ކަމަށެވެ. އެމީހަކު ބޭނުންވާ ޕްރޮޑަކްޓެއް ވިއްކުމަށް އަމިއްލަ އެކައުންޓެއް ހަދައި ތަކެތި ލެވޭނެ ކަމަށެވެ. މިވެބްސައިޓްވެސް މަސައްކަތްކުރާނީ “އައިބޭ” ފަދަ ބޮޑެތި އޮންލައިން ވިޔަފާރި ޕްލެޓްފޯމްތައް ހިނގާގޮތަށެވެ.
މިވެބްސައިޓް ބޭނުންކުރާނެގޮތާއި އިތުރު މައުލޫމާތު އެކުލެވޭ ވައިބަރ ބޮޓްވެސް ވަނީ ލޯންޗްކޮށްފަ އެވެ. ވައިބަރ ބޮޓް ލޯންޗުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބްރާންޗްގެ މެނޭޖަރ އާއިޝަތު އަބްދުއްރަހީމެވެ.
ބީއެމްއެލް ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އައިޝަތު އަބުދުލްރަހީމް–
ފަބުލިކް ވައިބަރ މި ބޮޓުން ފަސޭހަކަމާއެކު ވެބްސައިޓަށް ތަކެތި ވިއްކަން ލާނެ ގޮތަކާއި އެކައުންޓް ހަދާނެ ގޮތް ފަދަ މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ބެނޭ ބުންޏެވެ. އަދި އިތުރަށްވެސް އެބޮޓް އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ މައުލޫމާތު ދިނެވެ
މި ރަސްމިއްޔާތުގައިވަނީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ކުޅުދުއްފުށީ ރިހިވެލި، ނައުމާ މުހައްމަދު (18އ) އަށް އެހީތެރިވުމަށްޓަކާ ފަންޑެއްވެސް ހުޅުވާފައެވެ. ކުޅުދުއްފުށީލައިވްއާއި، ބީ12.އެމްވީ ގުޅިގެން ކުރިއަށްގެންދާ މިފަންޑް ހުޅުވައިދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަދި ކޭލައިވްގެ ސީއީއޯ އަހުމަދު އާތިފެވެ.