twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫގެ ބްރޯޑްބޭންޑު ހިދުމަތް މުޅި ރާއްޖެއަށް!

Aug 27, 2017

އުރީދޫ މޯލްޑިވްސް އިން ފަސޭހަ ހޯމް ބްރޯޑްބޭންޑް ތައާރަފްކުރުމާއި އެކު އުރީދޫގެ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މިއަދު ފުޅާވެގެންގޮސްފިއެވެ.

މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކުން މި ހިދުމަތް ބައްލަވައިގަނެވޭނެ އެވެ. އަދި ހިދުމަތް ފޯރުކޮށްދެވޭނީ ކަސްޓަމަރަށް ލިބޭއިރުވެސް ސެޓަޕް ފުރިހަމަ ކޮށް އެކްޓިވޭޑް ކޮށްފައިވާ ރައުޓަރ އެއް މެދުވެރިކޮށެވެ. މިގޮތުން މިނިޓެއް ތެރޭގައި ވެސް ގެއަށް ޕްލަގްކޮށް ފަސޭހަކަމާއި އެކު ހަލުވި ސްޕީޑްގެ އިންޓަނެޓް ބޭނުންކުރަން ފޭށޭނެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވި ފަސޭހަ ހޯމް ބްރޯޑްބޭންޑު ފަރުމާކުރެވިފައި ވަނީ ކޮންމެ ބޭފުޅަކަށްވެސް ހިދުމަތް ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ އަމާޒާއި އެކު މާކެޓުގައި އެންމެ އަގުހެޔޮ ރޭޓު ތަކުގައި ކަމަށާއި އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ފައިދާ ތަކާއި ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

އެކި އާއިލާތަކުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް އުރީދޫ އިން ވަނީ 10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ ތަފާތު ތިން ޕެކޭޖެއް ތައާރަފްކޮށްފައެވެ:

10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ ތިން ޕެކޭޖު

ޕެކޭޖުގެ ވެލިޑިޓީ ޕީރިއަޑުތެރޭގައި، ލިބިފައިވާ ޑޭޓާ އެލަވަންސް ހުސްވިކަމުގައި ވިއަސް، އެއްވެސް އިތުރު ޗާޖަކާއި ނުލާ، ދަށް ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކުރެވޭނެއެވެ. ހަމައެއާއި އެކު، ފަސޭހަ ބޫސްޓާރ އެއް ޚިޔާރުކޮށްގެން، ޑޭޓާ އެލަވަންސް އިތުރު ކުރެވޭނެއެވެ.

ހޯމް ބޫސްޓާރ ޑޭޓާ އެލަވަންސް

www.ooredoo.mv އަށް ޒިޔާރަތް ކުރައްވައިގެން، ނުވަތަ 929 އަށް ގުޅާލެއްވުމުންވެސް، ފަސޭހަ ހޯމް ބްރޯޑްބޭންޑް އާއި ބެހޭ އިތުރު މައުލޫމާތު ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355