މި ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފިންކަމަށް މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ސޯސަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ރައްޔިތުން މަޖިލިސް މެންބަރުން ބޭރުގެ ފަރާތްތަކަށް ލޭނު މަޝްވެރިކަން ކުރަން ހުއްދަ ދިނުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ޝެއާރ ކޮށްފައިވާ 2 ފޮޓޯއެކު ބުނެފައިވަނީ މިފަދަ އެތައް ސަބަބުތަކާހުރެ މި ސަރުކާރަށްް ކުރާ ތާއީދު އަނބުރާ ގެންގޮސްފިން ކަމަށާއި ރައްޔިތުންގެ ކިބައިން މާފަށްވެސް އެދޭ ކަމަށެވެ.
މި ފޯސްޓުކޮށްފައި ޝެއާރކޮށްފައިވާ އެއް ޕޮޓޯއިން ފެންނަނީ ރާއްޖޭގެ މަސްވެރިންތަކެއް ބޭނި ކަންނެލި ތަކަކުން ފެނުން ބުޅިތަކެކެވެ. އަނެއް ފޮޓޯއިން ފެންނަނީ ބޭރުގެ މަސް ބޯޓެކެވެ.
މި ނިންމުމާއި ގުޅިގެން ޝާކިރަށް ވަނީ އެކި ފަރާތްތަކުން މަރުހަބާ ދަންނަވާފަ އެވެ. މަކުނުދޫ ކައުންސިލުގައި ޝާކިރު މަަސައްކަތް ކުރައްވާތާ މިއީ 3 ވަނަ ދައުރެކެވެ. ޝާކިރަކީ ޕީޕީއެމްގެ ޓިކެޓްގައި މަކުނުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރައްވާފައިވާ ބޭފުޅެކެވެ.
މިކަމާ ގުޅިގެން ޝާކިރުގެ ބަހެއް ސީދާ ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.