twitterviber whatsapp telegramfacebookyoutube instagram
7th June 2026

ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ވ އަތޮޅު 3 ރަށެއްގައި

Aug 28, 2017

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން ވ. އަތޮޅުގެ 3 ރަށެއްގައި މި ހިދުމަތް ގާއިމް ކޮށްފިއެވެ.

އެގޮތުން ވ އަތޮޅު ގެ ކެޔޮދޫ، ފުލިދޫގެ އިތުރުން ދިވެހި ރާއްޖޭގައި އެންމެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ވ ތިނަދޫގައި ވެސް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ.

އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ ހިދުމަތައް އެދޭ ފަރާތްތަކަށް ފައިބަރ ބްރޯޑްބޭންޑް ގުޅައިދިނުމުގެ ފީ މުޅިން ހިލޭ ދިރާގުން ފޯރުކޮށްދޭނެއެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި ރާއްޖޭގެ އެންމެ ބޮޑުން ފެށިގެން ކުދި ރަށްތަކަށްވެސް ފަހުގެ ޓެކްނޮލޮޖީ އަށް ބިނާވެފައި އޮންނަ މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމަށާއި ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު 100 އެމްބީޕީއެސްއާއި ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ހިދުމަތް ކަމަށެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ގާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ކ.ތުލުސްދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ލ. ގަން، ލ. ފޮނަދޫ އަދި ބ. ދަރަވަންދޫގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355