ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގް ގެ ދަރިފުޅު ސާރާ ބޮލީވުޑަށް ތައާރަފްވާ ފިލްމު ކެދާނަތްގެ ސޫޓިން އަންނަ މަހު 3 ގައި ފެށުމަށް ހަމަޖެހިއްޖެ އެވެ.
ފިލްމުގެ ސޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ދެހެރާދުން ކައިރީގައެވެ. މި ފިލްމުގައި ސަރާއެކު ސުޝާންތު ފެނިގެންދާއިރު މި ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ސުޝާންތު ބޮލީވުޑަށް ނުކުއިތް ފިލްމުގެ “ކައި ޕޯޗޭ” ގެ ޑައިރެޓަރ އަބީޝެކް ކަޕޫރްގެ ޑައިރެކްޝަން ފެނިގެން ދާނެ ފިލްމެކެވެ.
ކެދާނަތަކީ އިންޑިއާގެ ދީނި އަގީދާ ފެނިގެންދާ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ނަން ކެދާނަތަކީ އިންޑިޔާގެ ދީނީ އަވަށަކަށް ކިޔާ ނަމެކެވެ.
މި ފިލްމަކީ ޓީ-ސީރިޒްއާއި ކަރިއާރޖް އެންޓަޓއިމެންޓް އަދި ގައި އިން ދަ ސްކައި އާއި ބަލައްޖީ މޯޝަން ޕިކްޗާރ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
ސާރާ އެންމެ ފުރަތަމަ ބޮލީވުޑަށް ނުކުންނަން ހަމަޖެހިފައި އޮތީ ކަރަންގެ “ސްޓޫޑަންޓް އޮފް ދަ އިޔާ 2” އިންނެވެ. އޭގެ ފަހުން ރަންވީރު ސިންގްއާ އެކު “ގަލީ ބޯއިސް” ގެ ބަތަލާގެ ރޯލުން ފެނިގެންދާނެ ކަމުގެ އަޑުތައް ވެސް ވަނީ އަރާފަ އެވެ. އެހެންނަމަވެސް އެރޯލް އެންމެ ފަހުން ލިބިފައިވަނީ އާލިޔާއަށެވެ.
ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ދެން އެންމެ އަވަހަށް ފެނިގެންފާނެ ފިލްމަކީ އެސްޓްރޮނޯޓެއްގެ ރޯލު ކުޅޭ ފިލްމު “ޗަންދާ މަމާ ދޫރް ކޭ” އެވެ.