twitterviber whatsapp telegramfacebookyoutube instagram
19th February 2026

މާދުރީ ދެން ފެންނާނީ ކެމެރާގެ ފުރަގަހުން

Aug 30, 2017

80 އާއި 90ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަނިކަންކުރި މަޝްހޫރު ބަތަލާ މާދުރީ ޑިކްސިޓް ދެން ފެނިގެންދާނީ ކެމެރާގެ ފުރަގަހުން، ޕްރޮޑިއުސާއެއްގެ ގޮތުގައެވެ.

މާދުރީ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި “ކެމެރާގެ ފުރަގަހުން ފެނި ގިނަބަޔަކަށް ނަމޫނާއަކަށް ވުމަށް ފުރުސަތު ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ. އަދި ފުރަތަމަ ފިލްމު އާރްއެންއެމް ޕްރޮޑަކްޝަނާއި ގުޅިގެން ކުރިއަން ގެންދާކަމަށާއި މިއީ 2018 ވަނަ އަހަރު ފެނިގެންދާނެ މާރާތީ ފިލްމެއް ކަމަށެވެ.”

I am so excited to get the chance to step behind the camera and inspire others. Our first RnM production, a Marathi Film in 2018! pic.twitter.com/17CBfd0WZ1

— Madhuri Dixit-Nene (@MadhuriDixit) August 29, 2017

މި ފިލްމު ޑައިރެކްޓަރަކީ ސްވަޕްނަންނީލް ޖަޔާކާރް ކަމަށް ބޮލީވުޑްގެ ހަބަރުތަކުން މައުލޫމާތު ލިބެއެވެ. ނަމަވެސް މި ފިލްމުގެ ލީޑް ކާސްޓުންނާއި މި ޕްރޮޖެކްޓްގެ އިތުރު ތަފްސީލެއް އަދި ހާމަ ކޮށްފަކާ ނެތެވެ.

ނުވަދިހައިގެ އަހަރުތަކުގައި ކާމިޔާބު ފިލްމުތަކަކުން މާދުރީ ވަނީ ފެނިގެންގޮސްފައި އެވެ. އޭގެ ތެރޭގައި ބޭޓާ، ދިލް، ސާޖަން އަދި ދިލްތޯ ޕާގަލް ފަދަ ފިލްމުތައް ހިމެނެއެވެ. އެންމެ ފަހުން މާދުރީ ކުޅެފައި ވަނީ 2014 ވަނަ އަހަރު ޑެދް އިޝްގިޔާ އަދި ގުލާބް ގޭންގް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355