twitterviber whatsapp telegramfacebookyoutube instagram
3rd November 2025

ޖޮލީ ފިލްމީ މަސައްކަތަށް ދެން ނުކުންނާނީ އަހަރެއްގެ ބްރޭކަކަށްފަހު

Sep 4, 2017

އެންޖެލީނާ ޖޮލީ އެނބުރި ފިލްމީ މަސައްކަތައް ދެން ނުކުންނާނީ އެއް އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށްފަހު ކަމަށް އޭނާ ބުނެފި އެވެ.

ހޮލީވުޑް ރިޕޯޓާއިން ބުނެފައިވަނީ ޖޮލީ އެއް އަހަރުގެ ބްރޭކެއް ނެގުމަށް ނިންމާފައިވަނީ ޖޮލީއާއި ޕިޓްގެ ވަރީގެ މައްސަލައާއި ގުޅިގެން އާއިލާގެ ތެރޭގައި އޮތް ނުތަނަވަސް ކަން ފިލުވާލާ ކަންކަން ހަމައަކަށް އަޅުވަން ބޭނުންވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ޖޮލީއާއި ޕިޓް ވަރިވެފައިވާއިރު ހަބަރުތަކުން ބުނާގޮތުގައި ދެތަރިން ވަކިވާން ޖޮލީ ނިންމީ ސިއްރު ގުޅުންތަކެއް ޕިޓް ހިންގާ ކަމަށް ޝައްކު ކުރެވުމާއި ދޮށީ ދަރުފުޅު މެޑޮކްސް އަށް ޕިޓްގެ ފަރާތުން އަނިޔާތަކެއް ލިބެމުން ދިއުމާ ގުޅިގެންނެވެ.

އޭގެ ފަހުން އެދެތަރިން އަލުން ގުޅެން އުޅޭ ކަމުގެ ހަަބަރުތަކެއްވެސް ވަނީ ފެތުރިގެން ގޮސްފަ އެވެ.

ޓެލުރައިޑު ފެސްޓިވަލްފައި ވާހަކަ ދައްކަމުން ޖޮލީ ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި އެކްޓިން ކުރުން ދޫކޮށްލާ ޑައިރެކްޓް ކުރުމުން ކުރިއަށް ދިއުމަށް ވިސްނާކަމަށެވެ.

“ފަސްޓް ދޭ ކިލްޑް މައި ފާދަރ” ގެ ޕޯސްޓަރެއް

އެންމެ ފަހުން ރިލީޒް ވެފައިވާ ޖޮލީގެ ޑައިރެކްޝަން ފެނިގެންދާ “ފަސްޓް ދޭ ކިލްޑް މައި ފާދާރ” މި ފިލްމަކީ 1980 އިން ފެށިގެން ރެފިއުޖީންގެ ގޮތުގައި އެމެރިކާގައި އުޅޭ ކެމްބޯޑިޔާގެ ރައްޔިތުންގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355