އިނާމު ތަކަކާއެކު މީރާގެ “މިއޮތީ ރަސީދު” ކެމްޕޭން ފަށައިފި

ނަސްވާ ޙަސަން - 2 ހަފްތާ ކުރިން - 5 ސެޕްޓެމްބަރ 2017



ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު މީރާގެ “މިއޮތީ ރަސީދު” ކެމްޕޭން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތަކީ ވިޔަފާރިތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި މި ކެމްޕޭންގައި ކޮންމެ މަހަކު ވެސް އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަކަށެވެ.

އަދި އެންމެ ގިނައިން “ސައްހަ ނޫން” ރަސީދު ހޯދާ ފަރާތެއްގެ އިތުރުން މުޅި ކެމްޕޭންގެ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖައްސާފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި މި ކެމްޕޭންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހޯދާ ރަސީދު ގައި އެ ފަރާތެއްގެ ފޯނު ނަންބަރު ލިޔުމަށްފަހު އެ ރަސީދުގެ ފޮޓޯއެއް 9551415 އަށް ވައިބަރ ކުރުމަށާއި ގިނަ ތަންތަނުން ވީހާވެސް ގިނަ ބަޔަކު ރަސީދު ހޯދުމަށްފަހު މީރާއަށް ފޮނުވަމުން ގެންދިއުމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.


ގުޅުން ހުރި ލިޔުންތައް



  1. ޖ 2 ހަފްތާ ކުރިން
    mira n meeraa v thafaathu dhw. rangalhu kurey ihah