ފަސް ދުވަސް ތެރޭގައި “ބާދްޝާހޯ” އަށް 50 ކަރޯޑް ލިބިއްޖެ

ނަސްވާ ޙަސަން - 9 months ago - 6 ސެޕްޓެމްބަރ 2017މަޝްހޫރު ބޮލީވުޑް އެކްޓަރުން އަޖޭ ދޭވްގަން، އިމްރާން ހާޝްމީ އަދި އީޝާ ގުޕްތާ ފެނިގެންދާ ފިލްމް “ބާދްޝާހޯ” ބޮކްސް އޮފީހުން ޖާގަ ހޯދައިފި އެވެ.

މިމަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރި މި ފިލްމު މިހާތަނަށް ވަނީ 50.12 ކަރޯޑް ލިބިފައި އެވެ.

ހުކުރު ދުވަހު ލިބިފައި ވަނީ 12.60 ކަރޯޑް، ހޮނިހިރު ދުވަހު 15.60 ކަރޯޑް އަދި އާދިއްތަ ދުވަހު .1015 ކަކޯޑް ލިބިފައިވާ އިރު ހޯމަ ދުވަހު 6.82 ކަރޯޑް ލިބުނުމަށްފަހު މުޅި ޖުމްލަ 50.12 ކަރޯޑް އަށް އަރާފައި ވެއެވެ.

މިލާން ލޫތްރިއާ ޑައިރެކްޓް ކުރާ މި ފިލްމަކީ އެމެޖެންސީ އެރާ އޮފް ދަ 1975- 1977 އިންޑިޔާގައި ހިނގާފައިވާ ހާދިސާއަކަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.


ގުޅުން ހުރި ލިޔުންތައް