twitterviber whatsapp telegramfacebookyoutube instagram
6th June 2025

ހޮލީވުޑުން ޖާގަ ހޯދުމަށް ނަން ބަދަލުކުރަން ޖެހުން

Sep 11, 2017

ހޮލީވުޑުން ޖާގަ ހޯދުމަށް އަމިއްލަ ނަން ބަދަލު ކުރަން ޖެހުނު ކަމަށް އޭބީސީން ދައްކަމުންދާ އޭޖެންޓްސް އޮފް ޝީލްޑްގެ ތަރި ކުލޯއީ ބެނެޓް ބުނެފި އެވެ.

އުމުރުން 25 އަަހަރުގެ ކޯލޭ ބުނީ ހޮލީވުޑަށް ވަނުމަށް ކޯލޭ ބެނެޓަށް ނަންބަދަލުކުރީ ކަމަށާއި އޭނާގެ އަސްލުނަމަކީ ކުލޯއީ ވެންގް ކަމަށެވެ. ކޯލޭގެ ބައްޕައަކީ ޗައިނާ މީހެކެވެ. އަދި މަންމަ އަކީ އެމެރިކާ މީހެކެވެ.

މީގެ އިތުރުން ކުލޯއީ ބުނީ ނަން ބަދަލު ކުރުމަކުން އެނާއަކީ އެއްބައި ޗައިނާ މީހެއްކަން ބަދަލުނުވާ ކަމަށާއި އޭނަގެ ދެވަނަ ނަން ބަދަލުކުރަން ޖެހުނީ އެފަދަ ނަމަކާއި އެކު އެއްވެސް މީހަކު އޭނާ އެއްވެސް ރޯލަކަށް ނުނަގާނެ ތީ ކަމަށާއި އެހެންނަމަވެސް ހޮލީވުޑްގައި މަސައްކަތްކުރަން ނަންބަދަލު ކުރުން އެއީ ރުހޭ ކަމެއްނޫން ކަމަށެެވެ.

ހޮލީވުޑްގައި ގެންގުޅޭ ތަފާތުކުރުން ތަކާމެދު ކުލޯއީ ވަނީ ފާޅުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ޑައިރެކްޓަރުން، ޕްރޮޑިއުސަރުން ފަރާތުން އެތަރިއެއް ކަޅުވުމުން ނުވަތަ ހުންނަ ގޮތަކުން ކިޔާ ފާޑުކިއުންތަކާމެދު ކޯލޭ ވަނީ ކުރިންވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ

އޭޖެންޓްސް އޮފް ޝީލްޑްގައި ކުލޯއީ އަދާކުރަނީ ޑެއިޒީ ޖޮންސެންގެ ރޯލެވެ. މި ސީރީޒްގެ 4 ވަނަ ސީޒަން ދައްކާ ނިމިފައިވާއިރު މިއީ ބެލުންތެރިންގެ މެދުގައި މަގުބޫލް ސީރީޒްއެއްކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355