ގދ ތިނަދޫގައި ޕެޓްރޯލާއި ޑީސަލް ވިއްކާ ވިއްކާ އެންމެ ޒަމާނީ ފެންވަރުގެ ޝެޑެއް ހުޅުވައިފި އެވެ. މި ޝެޑަކީ ރާއްޖޭގެ ދެކުނުގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރަމުންދާ ހަތާ މޯލްޑިވްސް އިން ހުޅުވި ޝެޑެކެވެ.
އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ޕެޓްރޯލް ޝެޑް ރަސްމީކޮށް ހުޅުވައިދެއްވީ ދިރާގުގެ ހުވަދު އަތޮޅު އޮޕަރޭޝަންސް މެނޭޖަރ މުންތާޒު ހުސައިން އެވެ. އިއްޔެ ހުޅުވާ ހިދުމަތް ދޭން ފެށި މި ޝެޑް ހަދާފައިވަނީ ތިނަދޫ ބަނދަރު ސަރަހައްދުގަ އެވެ.
މިއީ ތިނަދޫގައި ހުޅުވި ފުރަތަމަ ތެޔޮ އަޅާ ޝެޑެވެ. ހަތާ މޯލްޑިވްސް ބުނީ ޝެޑް ހުޅުވައި ހިދުމަތް ދޭން ފެށުމުން ތިނަދޫގައި ވެލިކަލް ގެންގުޅޭ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބި ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށެވެ.
އެކުންފުނިން ޝެޑެއް ހުޅުވުމުގެ ކުރިން ތިނަދޫގައި ގެންގުޅޭ ވެހިކަލްތަކަށް ތެޔޮއަޅާ ދިނުމުގެ ހިދުމަތް ފޯރުކޮށްދެމުން އައީ ބައުޒަރެއް މެދުވެރިކޮށެވެ.
ތެޔޮ ޝެޑް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން–
ޝެޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަތާ މޯލްޑިވްސްގެ އިސްވެރިންނާއި ތިނަދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ.
ހަތާ މޯލްޑިވްސް ކުންފުންޏަށް 15 އަހަރު ފުރުނު ރަސްމިއްޔާތާއި ދިމާކޮށް ހުޅުވި މި ޕެޓްރޯލް ޝެޑާއި ޖެހިގެން ވަނީ ދިރާގުގެ ޕާޓްނަރ ޝޮޕެއް ވެސް ހުޅުވާފައެވެ. ޝެޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަތާ މޯލްޑިވްސް އިސްވެރިންނާ ތިނަދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
ތިނަދޫގެ އިތުރުން ގއ އާއި ގދ ގެ ބައެއް އިތުރު ރަށްރަށުގައިވެސް އެކުންފުނިން ތެލުގެ ވިޔަފާރި އަންނަނީ ކުރަމުންނެވެ.