twitterviber whatsapp telegramfacebookyoutube instagram
7th April 2026

“އިޓް” ބޮކްސް އޮފީހުގެ ރިކޯޑް މުގުރާލައިފި

Sep 13, 2017

އޭންޑީ މުސްޗިއެޓީ ޑައިރެކްޓްކުރި “އިޓް” އަށް އިންޑިޔާގައި ރިލީޒްކުރިތާ 4 ދުވަސް ތެރޭގައި ބޮކްސް އޮފީހުގެ ރިކޯޑް މުގުރާލައިފި އެވެ.

ސްޓެފެން ކިންގްގެ 1986 ގެ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ މި ބިރުވެރި ފިލްމު ރިލީޒްކޮށްފައި ވަނީ 5 ސެޕްޓެންބަރުގަ އެވެ. ނަމަވެސް އިންޑިޔާގައި މި ފިލްމު ރިލީޒްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ހަތަރު ދުވަސް ތެރޭގައި މި ފިލްމަށް ވަނީ 11 ކަރޯޑް ލިބިފައި އެވެ.

ހޮލީވުޑްގެ ހަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމު ވަނީ ޔޫއެސްގެ ގިނަ ރިކޯޑްތަކެއްވެެސް މުގުރާލާފައި ކަމަށެވެ. އެގޮތުން ޔޫއެސް ބޮކްސް އޮފީހުގެ ރެކޯޑް މުގުރާލާފައިވާއިރު އެ ފިލްމަށް މިހާރު 117.20 މިލިޔަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި މިއީ ބިރުވެރި ފިލްމުތަކުގެ ތާރީހުގެ ތެރެއިންވެސް އެންމެ މަތީގައިވާ ފިލްމު ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

މި ފިލްމުގައި ވިލަންގެ ރޯލު އަދާކުރަނީ ބިލް ސްކާސްގާޑް އެވެ. އޭގެ އިތުރުން ޖައިޑަން ލިއެބާހަރ، ޖެރެމީ ރޭ ޓެއިލަރގެ އިތުރުން ފިން ވޮލްފްހާޑް ވެސް މި ފިލްމުގެ މުހިއްމު ރޯލް ތަކުން ފެނިގެން ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355