twitterviber whatsapp telegramfacebookyoutube instagram
29th March 2024

“ސްޓޯރީ އޮފް މޯލްޑިވްސް” ގެ ނަމުގައި މުބާރާތެއް ފަށައިފި

Sep 13, 2017

ދުނިޔޭގެ މާކެޓަށް ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި “ސްޓޯރީ އޮފް މޯލްޑިވްސް” ގެ ނަމުގައި ވީޑިއޯ ހެދުމުގެ މުބާރާތެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

އިއްޔެ ހޮޓެލް ޖެންގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވި ގޮތުގައި މި މުބާރާތަކީ އޮންލައިން އަދި ޑިޖިޓަލް މީޑިއާ ބޭނުންކޮށްގެން ރާއްޖެ އިސްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ މުބާރާތެއް ކަމަށެވެ.

އެންމެ ގިނަ އެކްޓިވް ޔޫޒާސް ތިބި ސޯޝަލް މީޑިއާއަށް ވުމުން މި މުބާރާތް ބާއްވަނީ ފޭސްބުކު މެދުވެރިކޮށް ކަމަށާއި މި މުބާރަތް ކުރިއަށް ގެންދިއުމުން ރާއްޖެއަށް އެކަށީގެންވާ ކުރިއެރުމެއް އަންނާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.

އެއްވަނަ އަށް ދާ ފަރާތަކަށް 6،500 ޑޮލަރު ލިބޭނެ މި މުބާރާތުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެެ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އޭގެ އިތުރުން ހާރިސް ވިދާޅުވިގޮތުގައި އެއްމަސްދުވަހުގެ މުއްދަތަށްް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިކުރެވޭނީ އެއް މިނެޓުގެ ވީޑިއޯ ކަމަށާއި ވީޑިއޯތައް އެމްއެމްޕީއާރުސީގެ ވެބްސައިޓު މެދުވެރިކޮށް އަޕްލޯޑު ކުރެވޭނެ ކަމަށެވެ.

އެއަށްފަހު ވީޑިއޯތައް ފޭސްބުކަށް އަޕްލޯޑުކޮށް ވޯޓު ދިނުމަށް ހުޅުވާލާނެ ކަމަށާއި ޖުމްލަ ގޮތެއްގައި އުފެއްދުންތެރިކަމާއި އަމިއްލަ ވަންތަ ކަމާއި މާކެޓު ކުރުމުގެ ފެންވަރަށް ބަލާނެ ކަމަށެވެ.

އަދި އެއްވަނަ ލިބޭ ފަރާތެއް އިއުލާން ކުރާނީ ޑިސެމްބަރުގައި ކަމަށާއި ރާއްޖޭގެ އެ ފަންނުގައި ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލަކުން ވީޑިއޯތައް އިންސާފު ކުރެވޭނެކަމަށް ހާރިސް ވިދާޅުވިއެވެ.

ހާރިސް އިތުރަށް ވިދާޅުވިގޮތުގައި މި މުބާރާތުގެ ސަބަބުން ރާއްޖެއާއި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވެ، ފަތުރުވެރިންގެ ތަޖުރިބާ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި އިސްތިހާރު ކުރެވިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355