twitterviber whatsapp telegramfacebookyoutube instagram
11th November 2026

އޮގަސްޓު މަހު މީރާއަށް 1 ބިލިއަން ރުފިޔާ

Sep 14, 2017

ފާއިތުވި އޮގަސްޓު މަހު މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

މީރާއިން އިއްޔ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެ ތެރެއިން އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންކަމަށާއި އެއީ އޮގަސްޓު މަހު ލިބުނު ޖުމުލަ އާމްދަނީގެ %46.9 ނުވަތަ 469.4 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ ކަމަށާއި އެއީ 16.2% ނުވަތަ 161.8 މިލިއަން ރުފިޔާކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ބިޒްނަސް ޕްރޮފިޓް ޓެކްސް %12.7 ނުވަތަ 126.9 މިލިއަން ރުފިޔާ، ގްރީން ޓެކްސް % 5.2ނުވަތަ 52.2 މިލިއަން ރުފިޔާ އަދި އެއަރޕޯޓު ސަރވިސް ޗާޖް އިން %4.4 ނުވަތަ 44.4 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.

މި އަދަދާއެކު މި އަހަރުގެ މިހާތަނަށް މީރާއަށް ބަލައިގަތް އާމްދަނީގެ ޖުމުލަ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޮގަސްޓު 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 39.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293