twitterviber whatsapp telegramfacebookyoutube instagram
12th September 2026

ކަންގްނާ ބޮލީވުޑް ދޫކޮށްލަނީތަ؟

Sep 14, 2017

ބޮލީވުޑްގައި ހިމެނޭ އަންހެން ތަރިންހެ ތެރެއިން ކަންގްނާ ރަވާނަތަކީ އަބަދުވެސް އޭނާ ބޭނުންވާ ވާހަކައެއް ޖެހިލުމެއްނެތި ދައްކާ ހަމަ އެކަނި ތަރިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މި ފަަހަރުވެސް މި އޮތީ އެފަދަ ވާހަކަ އެވެ. އެގޮތުން ބޮލީވުޑް ދޫކޮށްލަން މިހާރުވެސް ތައްޔާރު ކަމަށާއި ސަބަބަކީ ބޮލީވުޑަށް ކުރާ އިހުތިރާމް ކުޑަވުން ކަމަށް ކަންގްނާ މިވަނީ ބުނެފަ އެވެ.

ޑެއިލީއަށް ދީފައިވާ އިންޓަވިއެއްގައި ކަންގްނާ ބުނެފައިވަނީ އޭނާ އަކީވެސް އެކްޓަރެއްކަމަށާއި އެހެން ނަމަވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމާއި އަމިއްލަ ނަފްސަށް ވުރެ ތިމާގެ މަސައްކަތަކީ މުހިއްމު އެއްޗެއްކަމަށް ދެކޭ މީހުންނަކީ މޮޔައިން ކަަމަށެވެ.

އަދި އަމިއްލަ ދިރިއުުޅުމުގެ ހަމަޖެހުމަށް ވުރެ ތިމާގެ މަސައްކަތުން ހޯދާ ފައިސާ ގެއްލިދާނެ ތީ ބިރު ގަންނަ މީހުންނަކީ އެންމެ ނާކާމިޔާބީ މީހުން ކަމަށްވެސް ކަންގްނާ ބުނެފައި ވެއެވެ.

މީގެ ކުރިން ކަންގްނާ ވަނީ އޭނާގެ އާ ފިލްމް “ސިމްރަން” ގެ ޕްރޮމޯޝަން އިވެންޓުގައި ދިން އިންޓަވިއުއެއްގައި ބޮލީވުޑްގައި ބޭނުންވި ހުރިހާ ކަމެއް އޭނާއަށް މިހާރު ވަނީ ހާސިލުވެފައި ވާ ކަމަށްވެސް ބުނެފަ އެވެ.

އެ އިވެންޓުގައި ކަންގްނާ ބުނެފައިވަނީ އޭނާގެ ފިލްމުތައް ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާފައިވާ ކަމަށާއި އޭނާއަށް މިހާރު އާދެވިފައި ހުރި ހިސާބުން އެއްވެސް މީހަކަށް އޭނާގެ ކެެރިއަރަކަށް ގެއްލުމެއްވެސް ނުދެވެނެ ކަމަށެވެ. އަދި ބޮލީވުޑްގެ ދަތުރު މިހާ ހިސާބުން ނިމުނު ކަމަށްވިއަސް އޭނާއަށް ގެއްލޭނެ އެއްޗެއް ނެތްކަމަށްވެސް ކަންގްނާ ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293