twitterviber whatsapp telegramfacebookyoutube instagram
1st December 2025

ލީޑް ތަރިންނާއެކު “ހައްދު” ކުޅުދުއްފުށީގައި ޕްރިމިއާ ކޮށްފި

Sep 15, 2017

ދިރިއުޅުމުގައި ވަކި ހައްދެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއް ދައްކުވައިދޭ ދިވެހި ފިލްމު “ހައްދު” ކުޅުދުއްފުށީ، ތިލަދެކުނު ސިނަމާގައި ޕްރިމިއާކޮށްފި އެވެ.

ހައްދު ޕްރިިމިއާކުރީ ރޭ ތިލަދެކުނު ސިނަމާގައި ބޭއްވި ރެޑްކާޕެޓް ހަފްލާއެއްގައި ހދ އަތޮޅު ޕޮލިސް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބުދުލް ޤައްޔޫމެވެ.

ހައްދު ފިލްމު ޕްރިމިއާ ކުރުމަށް ރޭ ތިލަދެކުނު ސިނަމާގައި ބޭއްވި ހަފްލާގެ ތެރެއިން–

މިހަފްލާގައި ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލްފައްތާހު އާއި ލީޑް ދެ ތަރިންކަމަށްވާ އަހްމަދު ޝިބާން އާއި މަރިޔަމް އައްޒަ ބައިވެރިވި އެވެ. އަދި ފިލުމަށް ލަވަތައް ކިޔާދީފައިވާ މަރިޔަމް އަޝްފާގެ ހުށަހެޅުމެއްވެސް ރޭ ފެނިގެންގޮސްފައިވެ އެވެ.

ހައްދު ފިލްމު ޕްރިމިއާ ކުރުމަށް ރޭ ތިލަދެކުނު ސިނަމާގައި ބޭއްވި ހަފްލާގެ ތެރެއިން–

ހައްދު ޕްރޮމޯޓުކޮށްފައިވަނީ ސިނަމާގައި ރިކޯޑުތައް މުގުރާލާނެ ފިލްމެއްގެ ގޮތުގަ އެވެ. އަދި ފައްތާހު ވެސް ވަނީ އެ ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ބެންޗްމާކަކަށް ވާނެ ކަމަށެވެ.

ހައްދު ފިލްމު ޕްރިމިއާ ކުރުމަށް ރޭ ތިލަދެކުނު ސިނަމާގައި ބޭއްވި ހަފްލާގެ ތެރެއިން–

ހައްދު ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހއ. ކެލާ، ރ. ވާދޫ އަދި މާލޭގަ އާއި ބައެއް ރިސޯޓުތަކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355