twitterviber whatsapp telegramfacebookyoutube instagram
7th April 2026

“ތުމާރީ ސުލޫ” ރިލީޒް ކުރުން އަވަސް ވެއްޖެ

Sep 16, 2017

ވިދިޔާ ބާލަން ފެނިގެންދާ “ތުމާރީ ސުލޫ” ކުރިން ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރ އެކެއްގަ އެވެ. ނަމަވެސް މިހާރު އެ ފިލްމު 24 ނޮވެންބަރުގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސުރޭޝް ތިވާރީގެ މި ފިލްމުގެ ޓުރެއިލާ މީގެ ތިންދުވަސް ކުރިން ރިލީޒް ކުރިއިރު، މިހާރު 1 މިލިއަން މީހުން މި ޓުރެއިލާ ވަނީ ވިއު ކޮށްފައި އެވެ.

މި ފިލްމުގައި ވިދިޔާގެ އިތުރުން އާރްޖޭ މަލިޝްކާ، މާނަވް ކައުލް އަދި ނެހާ ދުޕިއާ ފެނިގެންދާނެ އެވެ. ވިދިޔާ ރޭޑިޔޯއެއްގައި މަސައްކަތް ކުރާތަން ފެނިގެންދާ މިއީ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މުންނާ ބައި އެވެ

މިއަހަރުގެ އެޕްރީލް މަހު ވިދިޔާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު “ބޭގަމް ޖާން” އަށް ވަނީ ހީކުރި ވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައި އެވެ. އެއީ ބަންގާލީ ފިލްމު “ރަޖްކަހިނީ” 2015 ގެ ފިލްމެއްގެ ކޮޕީއެއް ކަމުންވެސް ވެދާނެއެވެ. ނަމަވެސް މި ފިލްމަށް ގިނަ ބައެއްގެ ސަޕޯޓް ލިބެމުންދާ ކަމަށް ހަބަރުތަކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355