twitterviber whatsapp telegramfacebookyoutube instagram
7th April 2026

“ބާގީ 2” ގެ ޝޫޓިން ޕޫނޭގައި ފަށައިފި

Sep 19, 2017

ސާޖިދު ނާޑިއަޑްވާލާގެ “ބާގީ 2″ގެ ޝޫޓިން އިންޑިޔާގެ މަހަރާސްތްރާ ސްޓޭޓްގެ ވެރިރަށް ޕޫނޭ ސިޓީގައި ފަށައިފި އެވެ.

2016 ވަނަ އަހަރު ރިލީޒްކުރި ބާގީއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައި އެވެ. އެ ފިލްމުގައި ލީޑް ރޯލުން ފެނިގެންދިޔައީ އެކްޝަން ސްޕާރސްޓާ ޓައިގާ ޝްރޮފް އަދި ޝްރަދާ ކަޕޫރް އެވެ.

ނަމަވެސް ބާގީ 2 ގައި ލީޑް ރޯލުން ފެނިގެންދާނީ ޓައިގާ ޝްރޮފް އާއި ޑިޝާ ޕަޓާނީ އެވެ.

ތަފާތު ބަތަލާއެއް ނެގުމަށްފަހު ބެލުންތެރިންނާއި ހަމައަށް ވަނީ މި ފިލްމުގެ ޕޯސްޓަރ އެއް މިއަހަރުގެ މެއި މަހު ރިލީޒް ކޮށްފައި އެވެ. އެގޮތުން ބެލުންތެރިންގެ ގިނަ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އަދި މި ފިލްމަށް އެދެވޭ ތަރުހީބެއް ލިބޭނެ ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

“ބާގީ 2” ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ބާގީ ރިލީޒް ކުރިތާ ދެއަހަރު ފަހުން 27 އެޕްރީލް 2018 ގައި އެވެ. މި ފިލްމުވެސް ވެގެންދާނީ ކުރިން ނުފެންނަ ފަދަ އެކްޝަން ސީން ތަކުން ފުރިފައި ކަން ޔަގީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355