twitterviber whatsapp telegramfacebookyoutube instagram
3rd November 2025

މެލެފިސެންޓް 2 ވާނީ ވަރަށް ވަރުގަދަ ސީކުއަލްއަކަށް

Sep 28, 2017

މެލެފިސެންޓް ގެ 2 ވަނަ ބައި ވާނީ ވަރަށް ވަރުގަދަ ސީކުއަލްއަކަށް ކަމަށް އެފިމްލުގައި މެެލެފިސެންޓްގެ ރޯލް އަދާ ކުރާ އެންޖެލީނާ ޖޯލީ ބުނެފި އެވެ.

ޓެލުރައިޓް ފެސްޓިވަލްގައި ޖޯލީ އެންމެ ފަހުން ޑައިރެކްޓް ކުރި ފިމްލު ފަރސްޓް ދޭ ކިލްޑް މައި ފާދާރ ޕްރިމިއާގައި ވާހަކަ ދައްކަމުން ޖޮލީ ބުނީ ޑައިރެކްޝަނަށް އިސްކަންދިން ކަމުގައި ވިއަސް ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ އެކްޓިންގެ ދާއިރާއިން ވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން އޭނާ ވަނީ މެލެފިސެންޓް 2 އަކުން ފެންނާނެ ކަމުގެ ޔަގީން ކަން ބެލުންތެރިންނަށް ދީފަ އެވެ.

ޖޮލީ ވަނީ މެލެފިސެންޓްގެ ފުރަަތަމަ ބައިން ފެނުނު ޖާދޫ ސީކުއަލްއިން ވެސް ފެނިގެން ދާނެކަމަށް ބުނެފަ އެވެ. އެގޮތުން މެލެފިސެންޓް 2 މާ ވަރުގަދަ ވާނެ ކަމަށްވެސް ޖޮލީ ބުންޏެވެ.

2014 ވަނަ އަހަރު ރިލީޒްވި މެލެފިސެންޓް ގެ ސީއުއަލް ގެ މަސައްކަތް މިހާރު އޮތީ ޕްރޮޑަކްޝަންގެ ތެރޭގައެވެ. މި ފިލްމަކީ 1959 ވަނަ އަހަރު ޑިޒްނީން ނެރުނު ސްލީޕިން ބިއުޓީ ގެ ވާހަކައަށް އުފައްދާފައިވާ ފިލްމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355