twitterviber whatsapp telegramfacebookyoutube instagram
6th June 2025

ބޭހަދްގެ އެންމެ ފަހު ތަޅާލުން އޮތީ ނޮވެމްބަރމަހު

Sep 30, 2017

ސޮނީ ޓީވީން ދައްކަމުންދާ ހިންދީ ސިލްސިލާތަކުގެ ތެރެއިން އެންމެ މަގުބޫލް އެއް ސިލްސިލާއަކީ “ބޭހަދް” އެވެ. އަދި ސެޕްޓެންބަރ މަހު މި ސިލްސިލާ ނިންމާލާނެ ކަމަށް ނިންމި ނަމަވެސް ފަހުންވަނީ އެ ސިލްސިލާ ދައްކާ ގަޑި ބަދަލުކޮށް އަލުން ގެނެސްފައި އެވެ.

އެހެންނަމަވެސް އަނެއްކާވެސް މި ސިލްސިލާ ނިންމައިލަން އުޅޭ ކަމުގެ އަޑު ފެތުރިއްޖެ އެވެ. ރިފޯޓްތައް ބުނާ ގޮތުގައި ނޮވެންބަރ މަހުގެ ތެރޭގައި ބޭހަދް ނިމުމަކަށް އަންނާނެ ކަމަށެވެ.

މިކަން ހާމަކޮށްފައިވަނީ ބޭހަދްގެ ލީޑް އެކްޓަރ ކުޝާލް ތަންޑޮން އެވެ. “ބޭހަދް ނޮވެންބަރ 6 ވަނަ ދުވަހު ނިމޭނެ އަދި މިއަދު ވަނީ ސިލްސިލާގެ 250 އެޕިސޯޑް ފުރިހަމަވެފަ، އެންމެން ތިދެއްވާ އިންތިހާ ލޮތްބަށް ވަރަށް ޝުކުރިއްޔާ.” ކުޝާލް އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.

The show is about to end by 6th Nov and today its completing 250 episodes ,thanku all so much for beyhadh pyar❤gratitude 🤘👐

— KUSHAL TANDON (@KushalT2803) September 25, 2017

ބޭހަދްގެ ލީޑް ބަދަލާ ޖެނިފާ ވިންގެޓް ނުވަތަ މާޔާގެ އާ ސިލްސިލާ “އަދޫރާ އަލްވިދާ” ކަލާޒް އިން ފެނިގެންދާނެ ކަމަށް ރިޕޯޓް ތަކުން މައުލޫމާތު ލިބެއެވެ. އެކަމަކު މި ސިލްސިލާ ދައްކަން ފަށާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

2016 އޮކްޓޯބަރު 11 ގައި ދައްކަން ފެށި ބޭހަދް އަކީ މިހާތަނަށް ސޮނީ ޓީވީން ދެއްކި ސިލްސިލާ ތަކުގެ ތެރެއިން އެންމެ ހިޓްވި އެއް ސިލްސިލާއޭ ބުނެވިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355