twitterviber whatsapp telegramfacebookyoutube instagram
6th June 2025

ފްރޯޒަން 2 އަކަށް އޯލަފްގެ ރިކޯޑިން ފަށައިފި

Oct 7, 2017

2013 ވަނަ އަހަރު ގިނަ ބައެއްގެ މަގުބޫލުކަށް ހޯދި ޑިސްނީ ކާޓޫން “ފްރޯޒަން” ގެ ދެވަނަ ބައިގެ ރިކޯޑިން ފަށައިފި އެވެ.

36 އަހަރުގެ އެކްޓަރ ޖޯޝް ގޭޑް ވަނީ ފްރޯޒަން 2 އަކަށް އެ ކާޓުންއިން ފެނިގެންދާ އޯލަފްގެ ރިކޯޑިން ފަށާފައި އެވެ.

މިކަން ހާމަ ކުރުމަށް ޖޯޝް ވަނީ ޓްވީޓް އެއްވެސް ކޮށްފައި އެވެ. ޓްވީޓްގައި ބުނެފައިވަނީ ” 5 އަހަރު ފަހުން އަލުން މިތަނަށް އެބުރި އައުމަކީ ވަރަށް ބޮޑު އުފަލެއް. މި ކުރިއޭޓިވް ޓީމް މިފަހަރު އައިސްފައި މިވަނީ އިންތިޒާރު ކުރެވޭ ވަރުގެ ވާހަކައަކާއެކުގަ.”

It’s such a joy 2 back in the booth after this journey began 5 long years ago. The creative team has come up with a story worth the wait #F2 pic.twitter.com/RGYK48J4DT

— Josh Gad (@joshgad) September 28, 2017

މިފަހަރުވެސް ކުރިސްޓެން ބެލް އަދި އިޑިނާ މެންޒެލްގެ އަޑު އަނާ އަދި އެލްސާއިން އިވިގެންދާއިރު މި ކާޓޫން ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 27 ނޮވެންބަރ 2019 ގައި ކަމަށް ހަބަރުތަކުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ޑިސްނީ އެނިމޭޝަން ސްޓޫޑިއޯއިން ތައްޔާރުކޮށްފައިވާ 21 މިނެޓުގެ ފީޓުރެޓް އެއް މިއަހަރު ނޮވެންބަރ 22 ގައި ނެރުމަށްވެސް ވަނީ ހަމަޖެހިފައި އެވެ. އަދި މި ފީޓުރެޓްގެ ނަމަކީ “އޯލަފްސް ފްރޯޒެން އެޑްވެންޗާ” ކަމަށްވާއިރު މި ފީޓުރެޓް ގައި އޯލަފް މަސައްކަތް ކުރާނީ އަނާ އަދި އެލްސާ އަށް ގެއްލިފައިވާ ސަގާފަތް ހޯދައިދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355