twitterviber whatsapp telegramfacebookyoutube instagram
15th March 2026

“ޕަދްމާވަތީ”ގެ ޓްރެއިލާއާއެކު ބެލުންތެރިން އިތުރު އިންތިޒާރަކަށް!

Oct 10, 2017

ސަންޖޭ ލީލާ ބާންސާލީގެ “ޕަދްމާވަތީ” އަކީ މިފިލްމު ރިލީޒްކުރާނެ ދުވަހަކަށް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލާ އިއްޔެ ރިލީޒްކުރުމާއެކު ސަޕޯޓަރުންގެ ކޮމެންޓާއި ޓްވީޓްތަކުން ޝޯޝަލް މީޑިޔާގައި ވަނީ ފުރިފައި އެވެ. އެގޮތުންވެސް މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ގަބޫލުކުރެވެއެވެ.

މި ފިލްމުގައި ފެނިގެންދާނީ 1303 ވަނަ އަހަރު އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް އަނިޔާވެރި ރަސްކަލަކު އެހެން ރަސްކަމެއް ހިނގާ ޝަހަރެއް ހިފަން ކުރާ ހަނގުރާމަ އެކެވެ. އަދި ޚިލްޖީ އެޝަހަރު އަތުލަން މަސައްކަތް ކުރަނީ އެ ޝަހަރުގެ ރާނީ ޕަދްމާވަތީ ދެކެ އޭނާ ވެފައިވާ ލޯތްބެއްގެ ސަބަބުންނެވެ.

އެގޮތުން ހިލްޖީގެ ރޯލު ރަންވީރު ސިންގް ފެނިގެންދާއިރު ރާނީ ޕަދްމާވަތީގެ ރޯލު ކުޅެފައިވަނީ ދީޕިކާ ޕާޑުކޯން އެވެ.

މި ފިލްމުގެ ސޫޓިން މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ކުރިއަށްދާތާ މިހާރު ގާތްގަނޑަކަށް އަހަރެއް ވަނީ ވެފައި އެވެ.

އަދި ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355