twitterviber whatsapp telegramfacebookyoutube instagram
7th September 2025

“ދަ ނިއު މިއުޓެންޓްސް” ގެ ޓްރެއިލާ އާންމު ކޮށްފި

Oct 14, 2017

އެކްސްމޭން ސީރީސް ގެ ތެރެއިން ނިކުންނަ ފުރަތަމަ ބިރުވެރި ފިލްމު “ދަ ނިއު މިއުޓެންޓްސް” ގެ ޓްރެއިލާ އާންމު ކޮށްފި އެވެ.

ޖޯޝް ބޫނީ ޑައިރެކްޓްކުރާ މި ފިލްމުގެ ޓްރެއިލާ އިއްޔެ އާންމުކޮށްފައިވާއިރު މިހާތަނަށް ޓްރެއިލާ ވަނީ މިހާތަނަށް ތިން މިލިޔަން މީހުން ވިއު ކޮށްފައި އެވެ. އަދި ފިލްމު ޕްރޮޑިއުސަރުންނަކީ ސިމޮން ކިންބާގް އަދި ކަރެން ރޯސެންފެލްޓްގެ އިތުރުން ލައުރެން ޝުލާ ޑޮނާ އެވެ.

މިއަހަރުގެ ޖުލައި އިން ސެޕްޓެންބަރ އަށް ޝޫޓިން ކުރިއަށްގެންދިޔަ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ 13 އެޕްރީލް 2018 ގައި އެވެ.

މާރްވެލް ކޮމިކްސްގެ ސުޕާހީރޯ ޓީމްގެ ދަށުން ގެނެސްދޭ މިއީ ފުރަތަމަ ބިރުވެރި ކަމަށްވާއިރު 2018 އަހަރު އިތުރު 2 ފިލްމެއްވެސް ނެރުމަށްވަނީ ހަމަޖެހިފައި އެވެ. އެއީ ޑެޑްޕޫލް 2 އަދި އެކްސްމޭން: ޑާކް ފޯނިކްސް އެވެ. މިއީ ކާމިޔާބު ފިލްމުތަކަކަށް ވާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355