twitterviber whatsapp telegramfacebookyoutube instagram
1st June 2026

“ގޯލްމާލް އެގެއިން” އާމެދު ޕަރިނިތީ ވަރަށް ހިތްހަމަޖެހިފަ

Oct 16, 2017

ޑައިރެކްޓަރު ރޯހިތު ޝެޓީގެ “ގޯލްމާލް” ސީރީޒްގެ ހަތަރު ވަނަ ފިލްމު “ގޯލްމާލް އެގެއިން” މި މަހު 20 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމަށް މިހާރުވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މި ފިލްމުގެ ބަތަލާ ޕަރިނިތީ ޗޯޕްރާވެސް ވަނީ ފިލްމާމެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ޑައިރެކްޓަރ ރޯހިތް އެކީ ނަގާފައިވާ ފޮޓަކާއި އެކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރޯހިތުގެ ފަރާތުން ވަރަށްގިން އެއްޗެހިތަކެއް ދަސްވި ކަމަށެވެ. އަދި އެފިލްމުގެ މަސައްކަތް ސިފަކޮށްފައިވަނީ “އަންބިލީވަބަލް” ކަމެއްގެ ގޮތުގައެވެ.

Learnt so much from you Rohit sir. You made the experience of Golmaal Again unbelievable. Guys GolmaalAgain out in 5days #RohitShetty <3/3> pic.twitter.com/l4Vv65977m

— Parineeti Chopra (@ParineetiChopra) October 15, 2017

ޕަރިނިތީ ކޮށްފައިވާ ޓްވީޓް–

މި ފިލްމު މިދިޔަ އަހަރު އިއުލާން ކުރީންސުރެ ފިލްމުގެ ބަތަލާގެ ރޯލު ގިނަ ބަޔަކަށް ހުށައަޅާފައި ވެއެވެ. އެގޮތުން އާލިޔާ، ކަރީނާ އަދި ސްރައްދާ ހިމެނެއެވެ. އެހެންނަމަވެސް ފިލްމުގައި ބަތަލާގެ ރޯލަކީ ވަރަށް ޝައުގުވެރި އެހާމެ މަޖާ ރޯލަކަށް ވުމުން ޕަރިނީތީ ދެ ވަނަ ވިސްނުމަކަށް ނުގޮސް އާނއެކޭ ބުނެފައިވާތީ ރޯހިތު އޭނާ މި ފިލްމަށް ހަމަޖެއްސީ އެވެ.

ގޯލްމާލް 4 ގެ ޓްރެއިލާ–

ބިރުވެރި މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގައި މުހިއްމު ރޯލަކުން ތައްބޫ ވެސް ފެނިގެން ދާނެއެވެ. އަދި މި ސިލްސިލާގެ ކުރީ ތިން ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައިވާ އަޖޭ ދޭވްގަން އާއި އަރްޝަދް ވާސީ އަދި ޝްރެޔާސް ތަލްޕަޑޭގެ އިތުރުން ތުޝާރް ކަޕޫރު އަދި ކުނާލް ކޭމޫ ވެސް ފެނިގެންދާނެ އެވެ. މި ފިލްމުގެ ޓްރެއިލާ މިދިޔަ ސެޕްޓެމްބަރ މަހު 22 ގައި އާންމުންނަށް ދޫކޮށްލާފައިވާއިރު 3 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355