twitterviber whatsapp telegramfacebookyoutube instagram
7th April 2026

ޖެކުލީންގެ ރެސްޓޯރެންޓެއް މުމްބާއީގައި ހުޅުވަނީ

Oct 17, 2017

ލަންކާއަށް އުފަން އަދި ލަންކާގެ ރީތީގެ ރާނީކަން ހޯދާފައިވާ ބޮލީވުޑްގެ އެކްޓްރެސް ޖެކުލީން ފެނާންޑޭޒްގެ ރެސްޓޯރެންޓެއް މުމްބައިގާ ހުޅުވުމަށް ހަމަޖެހިއްޖެ އެވެ.

ބޮލީވުޑްގެ ހަބަރުތަށް ބުނާގޮތުގައި ރެސްޓޯރެންޓް ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހެއް ހާމަކޮށްފައިނުވާ ކަމަށާއި ރެސްޓޯރެންޓް ހުޅުވަނީ ޖެކުލީން އާއި މިހާރުވެސް މުމްބައިގާ ރެސްޓޯރަންޓެއް ހިންގާ މިޝާލީ ސަންގާނީ ކަމަށެވެ.

މިހާރުވެސް ލަންކާގައި ޖެކުލީންގެ ރެސްޓޯރެންޓެއް ހުންނައިރު މުންބައިގާ ހުޅުވަނީ ތައިލެންޑްގެ ކެއުންތައް ހިމެނޭ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓްގަައި ލަންކާގެ ކެއުން ނުހިމެނޭނެ ކަމަށް ޖެކުލީން ބުނެފައި ވެއެވެ. އެއީ ޖެކުލީން ބުނާގޮތުގައި މުމްބައިގާ ތައިލެންޑް ކެއުންތައް ހިމެނޭ ރެސްޓޯރެންޓެއް މުހިއްމު ކަމަށާއި އޭނާއަށް އެންމެ މީރީވެސް ތައި ކެއުންތައް ކަމަށެވެ.

2009 ވަނަ އަހަރު ފިލްމު “އަލާއުއްދީން” އިން ބޮލީވުޑަށް ތައާރަފްވި ޖެކުލީންވަނީ މަޝްހޫރު އެކްޓަރުންނާއެކީ ގިނަ ފިލްމުތަކެއް ކުޅިފައެވެ. އެގޮތުން އޭނާ މިއަހަރުވެސް ވަނީ 3 ފިލްމެއް ކުޅިފަ އެވެ. އެއީ އޭނާގެ ފުރަތަމަ ލަންކާ ފިލްމު އެކޯޑިން ޓު މެތިއު އަދި އަ ޖެންޓަލް މެންޓްގެ އިތުރުން މިދިޔަ ސެޕްޓެމްބަރ މަހު ރިލީޒްކުރި ޖުޑްވާ 2 ގެ ލީޑް ރޯލް އިން ޖެކުލިން ވަނީ ފެނިގެން ގޮސްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355