twitterviber whatsapp telegramfacebookyoutube instagram
8th June 2025

ހުއްދަނެތި ޓެކްސް އެޖެންޓުންގެ ގޮތުގައި އުޅޭ ފަރާތްތަކާމެދު ސަމާލުވުމަށް އަންގައިފި

Oct 19, 2017

މީރާގެ ޓެކްސް އޭޖެންޓުންގެ މަސައްކަތް ހުއްދަނެތި ކޮށްދޭ ފަރާތްތަކާމެދު ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.

މީރާއިން ނެރެފައިވާ ސަރކިއުލަރގައި ވާގޮތުގައި ޓެކުހުގެ ބޭނުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުގެ އަދަދުތައް ހިސާބުކުރުމުގެ މަސައްކަތް މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓުން ނޫން އެހެން ފަރާތްތަކުން ކުރަމުން ދާކަން އެނގިފައިވާ ކަމަށެވެ.

އަދި އެފަދަ ބައެއް ފަރާތްތަކުން ތައްޔާރުކުރާ ލިޔެކިޔުންތަކާއި ހިސާބުތައް ތައްޔާރުކޮށްފައި ހުންނަނީ ޓެކުހާ ގުޅޭ އެކަށީގެންވާ ސައްހަ މައުލޫމާތު ނުލިބިކަމަށާއި އޭގެ ސަބަބުން ޓެކްސްދައްކާ ބައެއް ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަންވެސް އެ އޮތޯރިޓީން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން މީރާގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓުންގެ ލިސްޓް މީރާގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށާއި ޓެކުހުގެ މުއާމަލާތްތަކަކީ ފައިސާއާއި ގުޅުންހުރި މަސައްކަތަކަށްވާތީ މިފަދަ މުހިންމު މަސައްކަތެއް ވަކި ފަރާތަކާ ހަވާލުކުރުމުގެ ކުރިން އެ ފަރާތަކީ މީރާގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓެއްތޯ ޔަޤީންކުރުން މުހިއްމުކަމަށް މީރާއިން ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355