twitterviber whatsapp telegramfacebookyoutube instagram
1st June 2026

ޖެނީ އާއި ކްރިސް އެކުގައި ފެނިދާނެ ކަމުގެ ސިގްނަލެއް

Oct 21, 2017

ޖެނީ ސްލޭޓް އަދި ކްރިސް އީވަންއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފޭނުންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ޖޯޑެކެވެ.

ގާތްގަނޑަަށް 9 މަސް ދުވަހު އެކީގައި ގުޅުމަށްފަހު މި ދެތަރިން ވަނީ މި އަަހަރު ކުރީކޮޅު ވަކިވެފަ އެވެ. އެހެންނަމަވެސް އަނެއްކާވެސް ދެތަރިން އެކުގައި ފެނިދާނެ ކަމުގެ ފެހި ސިގްނަލެއް މިވަނީ ދީފައެވެ.

ހޮލީވުޑްގެ ހަބަރުތަކުން ބުނާ ގޮތުގައި މިދެތަރިން ވަކިވިފަހުން އެކުގައި ފުރަަތަމަ ފެނުނީ ޑިނާ ޑޭޓަކުން ކަމަށާއި ބަލާބެލުމަށް ދެ ތަރިންގެ މެދުގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

ކްރިސް އާއި ޖެން ވަކިވެފައިވަނީ މި އަހަރުގެ ފެބްރުއަރީ ތެރޭގައެވެ. ޖޭން ބުނެފައިވާ ގޮތުން ވަކިވާން ނިންމީ މައްސަލައެއް ޖެހިގެން ނޫން ކަމަށާއި އެކަކު އަނެއްކަކަށް ވަގުތު ނުދެވޭތީ ކަމަށެވެ. އަދި ދެމީހުންވެސް ބޭނުންވީ ރައްޓެހިންގެ ގޮތުގައި ތިބުމަށް ކަމަށް އެއިރު ޖޭން ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355