twitterviber whatsapp telegramfacebookyoutube instagram
7th April 2026

ސީކްރެޓް ސްޕަރސްޓަރގެ ވިޔަފާރި ރަނގަޅުވެ 4 ދުވަސްތެރޭ 31 ކަރޯޑް ރުޕީސް

Oct 24, 2017

އާމިރު ޙާންގެ “ސީކްރެޓް ސްޕަރސްޓާރ”ގެ ވިޔަފާރި ރަނގަޅުވެ 4 ދުވަހުގެ ތެރޭގައި ޖުމަލް 31 ކަރޯޑް ރުޕީސް އެފިލްމަށް ލިބިއްޖެ އެވެ.

ޑަންގަލްގެ ތަރި ޒާއިރާ ވަސީމް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ބުރާސްފަތި ދުވަހު 4.80 ކަރޯޑް ރުޕީސް ލިބިފައިވާއިރު ހުކުރު ދުވަހުން ފެށިގެން ވިޔަފާރިވަނީ ރަނގަޅުވާން ފަށާފަ އެވެ. އެގޮތުން ހުކުރު ދުވަހު 9.30 ކަރޯޑް، ހޮނިހިރު ދުވަހު 8.71 ކަރޯޑް އަދި އާދިއްތަ ދުވަހު 8.50 ކަރޯޑް ރުޕީސް ވަނީ ލިބިފައެވެ.

ފިލްމުގެ ޑައިރެކްޓަރ އަދަވައިދު ޗަންދަން ބުނީ ފިލްމަށް އެންމެންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ގައިން ހީބިހި ނަގައިގެން ދިޔަ ކަމަށާއި މިއީ ހުވަފެނަކުންވެސް ނުދެކޭފަދަ ތަރުހީބެއް ކަމަށެވެ.

މި ފިލްމަކީ އިންސިޔާ ކިޔާ އަންހެންކުއްޖެއްގެ ވާހަކަ އެވެ. ޕްރޮފެޝަނަލް ލަވަކިޔުންތެރިޔަކަށް ވުމަށް އިންސިޔާ ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ވީ ގޮތް މި ފިލްމުގައި ފެނިގެންދާނެ އެވެ.

ބޮކްސް އޮފީހުގައި ސީކްރެޓް ސްޕަރސްޓާރ ވާދަކުރަން ޖެހެނީ އަޖޭ ދޭވްގަންގެ ގޯލްމާލް 4 ކާ އެވެ. މީގެ ކުރިން ގިނަބަޔަކު ބުނަމުން އައީ ގޯލްމާލްއައި ވާދަކޮށް ސީކްރެޓް ސްޕަރސްޓާރ ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. ސަބަބަކީ ގޯލްމާލްގެ ސީރިޒް ފިލްމުތަކަށް ލިބިފައިވާ ބޮޑު ތަރުހީބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355