twitterviber whatsapp telegramfacebookyoutube instagram
12th September 2026

ސަލްމާނާއެކު ސާކިބް ވެސް “ރޭސް 3” ގައި

Oct 25, 2017

2011 ވަނަ އަހަރު “މުޖްސޭ ފުރޭންޑް ޝިޕް ކަރޯގީ” އިން ބޮލީވުޑަށް ތައާރަފް ވި ސާކިބް ސަލީމް ކާމިޔާބު ފިލްމު ސީރީޒް ‘ރޭސް’ގެ ތިން ވަނަ އިންސްޓޯލްމަންޓުގައި މި ޒުވާން އެކްޓަރ ވެސް މުހިއްމު ރޯލަކުން ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ހަބަރުތަކުން ބުނެފި އެވެ.

މި ފިލްމުގައި ސާކިބް ވެސް ހަރަކާތްތެރި ވާނެ ކަން ހާމަކޮށްފައި ވަނީ ފިލްމުގެ ޕްރޮޑިއުސާރ ރަމޭޝް ޓޯރާނީ އެވެ.

29 އަހަރުގެ މި އެކްޓަރ އެންމެ ފަހުން ފެނިފައި ވަނީ މިއަހަރު ޖޫން މަހު ރިލީޒްކުރި ބިރުވެރި ފިލްމު ދޮބާރާ އިންނެވެ. އެ ފިލްމުގެ ލީޑް އެކްޓަރ އެއްގެ ގޮތުގައި ސާކިބް ފެނިގެން ގޮސްފައިވާ އިރު ބަތަލާއަކީ ހުމާ ގުރޭޝީ އެވެ.

ސަލްމާން ހާން އާއި ޖެކްލީން ފާނަންޑޭޒް ފެނިގެންދާ ރޭސް 3 ގައި ސަލްމާނު ވިލަންގެ ރޯލު އަދާކުރާއިރު ކުޅަދާނަ ބަތަލާ ޖެކްލީން ފެނިގެންދާނީ ފުލުހެއްގެ ރޯލަކުންނެވެ.

އަދި ފިލްމުގެ ސޫޓިން އަބޫދާބީގައި ފެށުމަށް ހަމަޖެހިފައިވާއިރު ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރާ މި ފިލްމަކީ ތަފާތު މޮޅު ފިލުމަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293