twitterviber whatsapp telegramfacebookyoutube instagram
30th August 2026

ފިނޭ ވީއެސްއަރުސީ، ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

Oct 26, 2017

ހދ ފިނޭގެ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިރިހެނުންގެ ވޮލީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންަނަ ނޮވެމްބަރ މަހު 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 31 އޮކްޓޯބަރ ވާ އަންގާރު ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށައެޅުމަށް އެ ކުލަބުން އެދެއެވެ. އެގޮތުން ފޯމް ނަގަން ބޭނުންވާ ފަރާތްތަކުން 9954888 ނުވަތަ 9115512 އާ ގުޅުއްވުމަށްވެސް އެ ފަރާތުން އެދެއެވެ.

މިދިޔަ އަހަރުވެސް ވީއެސްއަރުސީ އިންތިޒާމްކޮށްގެން ވަނީ ފިރިހެނުންގެ ވޮލީ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯފާފައިވަނީ ޑީސީ ސްޕޯޓް ކްލަބެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު އެކްލަބުން ބުނީ މި މުބާރާތަކީ ރަށުއި ވޮލީއާށް ލޯބިކުރާ ފަރާތަތްކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355