twitterviber whatsapp telegramfacebookyoutube instagram
12th September 2026

ސާވިސް ސެންޓަރަކާއެކު ޝީޝާގެ ފިހާރަ މާދަމާ ކުޅުދުއްފުށީގައި ހުޅުވަނީ

Oct 26, 2017

ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ ކުންފުނީގެ އައުޓްލެޓެއް މާދަމާ ކުޅުދުއްފުށީގައި ހުޅުވާގޮތަށް ނިންމައިފި އެވެ.

ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވާ މިއައުޓްލެޓްގައި ސާވިސް ސެންޓަރަކާއެކު ހުޅުވާ މި އައުޓްލެޓް ހުންނާނީ ހަސަނާތު މިސްކިތުގެ ކުރިމައްޗަށްވާ ގޮތަށް އަމީނީމަގުގަ އެވެ. ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 4:30 ގަ އެވެ.

ކުޅުދުއްފުށީގައި ހުޅުވާ ޝޯ ރޫމްއިންވެސް މާލޭއާ އެއް އަގެއްގައި ސައިކަލު ލިބެންހުންނާނެ ކަމަށެވެ. އަދި ސައިކަލު އިންސްޓޯލްމަންޓަށް ދޫކުރުމާއި ސާވިސް ކުރުމާއި އަދި ސައިކަލަށް ބޭނުންވާ ސްޕެއަރވެސް ލިބެން ހުންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެ އެވެ.

ސައިކަލުގެ ވިޔަފާރީގެ އިތުރުން ހޮންޑާ ޕަވަރ ޕްރޮޑަކްޓްސް އާއި ފެން ޕަންޕް އާއި ހުރިހާ ބުރޭންޑެއްގެ ޖަނަރޭޓަރުވެސް ވިއްކާނެ ކަމަށެވެ. މިއައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތަށް ކުޅުދުއްފުށީގައި އުޅޭ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ޝީޝާގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293