twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޝީޝާގެ، ހޮންޑާ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓަރު ސެންޓަރެއް ކުޅުދުއްފުށީގައި ހުޅުވައިފި

Oct 27, 2017

ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ ކުންފުނީގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓަރ ސެންޓަރެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

މިކަމަށްޓަކާ މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުވައިދެއްވީ ޝީޝާގެ ޑިރެކްޓަރު ހުސެއިން ހުޝާމް އެވެ.

ޝީޝާގެ ސެންޓަރު ޑިރެކްޓަރު ހުސެއިން ހުޝާމް ހުޅުވައިދެއްވަނީ– —

މި ސެންޓަރުން ސައިކަލުގެ ވިޔަފާރީގެ އިތުރުން ހޮންޑާ ޕަވަރ ޕްރޮޑަކްޓްސް އާއި ފެން ޕަންޕް އާއި ހުރިހާ ބުރޭންޑެއްގެ ޖަނަރޭޓަރުވެސް ވިއްކަ އެވެ. ވިޔަފާރިއަށް މާދަމާ ހުޅުވާލަން ނިންމާފައިވާއިރު ނޮވެމްބަރުމަހުގެ ނިޔަލަށް އެތަނުން ބައްލަވައިގަންނަ ކޮންމެ ސައިކަލެއްގެ ފުރަތަމަ ސާވިސް ލިބިވަޑައިގަންނަވާނީ މުޅި ހިލޭ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝީޝާގެ ސީއީއޯ  އިބުރާހިމް ހުޝާމް ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވާ ޝޯ ރޫމްއިންވެސް މާލޭއާ އެއް އަގެއްގައި ސައިކަލު ލިބެންހުންނާނެ ކަމަށެވެ. އަދި ސައިކަލު އިންސްޓޯލްމަންޓަށް ދޫކުރުމާއި ސާވިސް ކުރުމާއި އަދި ސައިކަލަށް ބޭނުންވާ ސްޕެއަރވެސް ލިބެން ހުންނާނެ ކަމަށެވެ.

ޝީޝާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ސީއީއޯ އިބުރާހިމް ހުޝާމް ވާހަކަ ދައްކަވަނީ–

މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޝީޝާއިން ދެކެވެ. މި ސެންޓަރު ހުންނާނީ އަމީނީމަގު، ހަސަނާތު މިސްކިތް ކުރިމަތީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355